މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު އަޅަން އެމްޓީސީސީއާ ހަވާލުކުރުން. (ފޮޓޯ/ހައުސިން މިނިސްޓްރީ)

މ. ދިއްގަރު

ދިއްގަރުގައި 75 ހައުސިން ޔުނިޓު އަޅަން އެމްޓީސީސީއަށް

ދިއްގަރުގައި އަޅަން ނިންމާފައިވަނީ ތިން ކޮޓަރި ހުންނަ، 1،000 އަކަފޫޓުގެ ހައުސިން ޔުނިޓުތަކެއް
18 އޭޕްރީލު 2024

މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއިން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދު

  • އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު

ދިއްގަރުގައި ހައުސިން ޔުނިޓުތަކެއް އެޅުމަށް ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން. (ފޮޓޯ/ހައުސިން މިނިސްޓްރީ)

ތަފްސީލު - އެ އެއްބަސްވުމުގައި ދަށުން ދިއްގަރުގައި އިމާރާތް ކުރަން ހަމަޖެހިފައިވަނީ 1،000 އަކަފޫޓުގެ ހައުސިން ޔުނިޓުތަކެކެވެ.

ހައުސިން ޔުނިޓުތަކުގެ ތަފްސީލު:

  • 3 ކޮޓަރި

  • 3 ފާހާނާ

  • ސިޓިން ރޫމް

  • ބަދިގެ

  • ކާގެ

  • ލޯންޑްރީ

  • ސްޓޯރޭޖް

އެ މަސައްކަތް ނިންމަން އެމްޓީސީސީއަށް ދިނީ 420 ދުވަހުގެ މުއްދަތެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް