ނ. މާފަރު މަތިން.

ނ. މާފަރު

މާފަރުގެ އިހުތިސާސަށް ފަރުމުލި އާއި ކަނޑިންމާހުރާ އިތުރުކޮށްފި

ލާމަރުކަޒީ ގާނޫނުގެ ދަށުން، 2020ގައި މާފަރުގެ އިހުތިސޯސް ކަނޑައެޅިއިރު އެ ރަށުގެ ފަޅުން ގާތްގަނޑަކަށް 80 ހެކްޓަރުގެ ސަރަހައްދަކާއި އެ ސަރަހައްދުގައި އޮންނަ ދެ ފަޅު ރަށާއި ފިނޮޅެއް ވަނީ ވަކިވެފައި
15 އޭޕްރީލު 2024

ނ. ފަރުމުލި އަދި ކަނޑިންމާ ހުރާއަކީ އެ އަތޮޅު މާފަރުގެ ބައެއް ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

އެނގުން މުހިންމު - ލާމަރުކަޒީ ގާނޫނުގެ ދަށުން، 2020ގައި މާފަރުގެ އިހުތިސޯސް ކަނޑައެޅިއިރު އެ ރަށުގެ ފަޅުން ގާތްގަނޑަކަށް 80 ހެކްޓަރުގެ ސަރަހައްދަކާއި އެ ސަރަހައްދުގައި އޮންނަ ދެ ފަޅު ރަށާއި ފިނޮޅެއް ވަނީ ވަކިވެފަ އެވެ.

އެ ރަށުގެ އިހުތިސާސުން ގެއްލުނު ބައި ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހޯއްދައިވައިދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކެމްޕޭންގައި ވިދާޅުވެފަ އެވެ.

ވީ ކިހިނެއް؟ - ރައީސް ސޮއިކުރައްވައި މިއަދު ގެޒެޓުކުރި ގަރާރަކުން ފަރުމުލި އަދި ކަންޑިންމާހުރާ އަކީ މާފަރުގެ ބައެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.

ގުޅުންހުރި ކަމެއް - ރަށުގެ އިހުތިސާސުން ބޭރު ފަޅުރަށްތައް ވެސް ރަށު ފެންވަރުގައި އާންމު ރައްޔިތުން ކުރާ މަސައްކަތްތަކަށާއި ރައްޔިތުންގެ މަންފާއަށް ކައުންސިލްތަކަށް ބޭނުންކުރެވޭ ގޮތަށް، ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހަމަޖައްސާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް