މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގައި ތަރައްގީ ކުރި ޑްރައިވިން ޓެސްޓު ހަދާ ސަރަހައްދު. (ފޮޓޯ/މާލޭ ސިޓީ ކައުންސިލް)

އަންނަ މަހުން ފެށިގެން ލައިސަންސް ފީ ކައުންސިލްތަކަށް ލިބޭގޮތް ހަދަނީ

ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތަައް ބާރުވެރިކުރުމަށް، ކައުންސިލްތަކަށް ލިބެން އޮތް އެންމެ ބޮޑުމިނެއްގައި ކަައުންސިލްތަކަށް ބަޖެޓު ދޫކުރުން ކަމަށް މިނިސްޓަރު ވިދާޅުވި

ކައުންސިލްތަކުން ދޫކުރާ ލައިސަންސް ފީ ކައުންސިިލްތަކަށް ލިބޭގޮތަށް ނިންމާ އަންނަ މަހުން ފެށިގެން އެގޮތަށް އަމަލު ކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޓްރާންސްޕޯޓު މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ލައިސަންސް ދޫކުރުމުގެ މަސައްކަތް ކައުންސިލްތަކުން ކުރި ނަމަވެސް، ލަައިސަންސް ހެއްދުމަށް ރައްޔިތުން ދައްކާ ފައިސާ އަކީ ކައުންސިލްތަކަށް ލިބޭގޮތަށް އޮތް އެއްޗެއް ނޫން ކަމަށެވެ.

ތަފްސީލް - "އެކަމަކު އެ މަސައްކަތް ކުރީމާ މި ވާގޮތަކީ އެ ބޭފުޅުން އެ މަސައްކަތް ކުރުމަށް ކައުންސިލަށް ސްޓާފުން ވެސް ނަގައިގެން މުސާރަ ދީގެން ކުރާއިރު، އެ ލައިސަންސް ފީ އަށް ވާ ފައިސާ ކައުންސިލަށް ނުލިބޭ މައްސަލަ ވަރަށް ބޮޑަށް ފާހަގަ ކުރައްވާ،" އަމީން ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތަައް ބާރުވެރިކުރުމަށް، ކައުންސިލްތަކަށް ލިބެން އޮތް އެންމެ ބޮޑުމިނެއްގައި ކަައުންސިލްތަކަށް ބަޖެޓު ދޫކުރުން ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ލިބޭ ފީ، ކައުންސިލްތަކަށް ނުލިބޭނަމަ ދަތިތައް ކުރިމަތިވާ ކަމަށާއި އެހެންކަމުން ލައިސަންސް ފީ އަށް ދައްކާ ފައިސާ އަންނަ މަހުގެ 1 އިން ފެށިގެން ލައިސަންސް ދޫކުރުމުގެ މަސައްކަތް ކުރާ ކައުންސިލްތަކަށް ލިބޭނެ ކަމަށެވެ.

ލައިސަންސް ހައްދަން ދައްކަން ޖެހޭ ފީ ދައްކަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލް އެއް މެދުވެރިކޮށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް