ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ (ފޮޓޯ/މިނިސްޓަރު މުއްތޮލިބު، އެކްސް)

ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން އިތުރު މުއްދަތު ދީފި

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ އެ ތަނުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލު ކުރަން ވަނީ ނިންމާފައި

ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް ގޯތި ބަދަލު ކުރަން އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޫކުރި 1،300 އަށްވުރެ ގިނަ ގޯތި ގުޅިފަޅަށް ބަދަލު ކުރަން  މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ތަފްސީލް - ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަހަައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާތީ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ އެ ތަނުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލު ކުރަން ނިންމާ މީގެ ކުރިން ހައުސިން މިނިސްޓްރީ އިން ގެޒެޓު ކުރި އިއުލާނުގައިވާގޮތުން ޖުމްލަ 1،347 ގޯތި ބަދަލު ކުރާނެ އެވެެ.

  • 1250  އަކަފޫޓުގެ 193 ގޯތި

  • 1650  އަކަފޫޓުގެ 663 ގޯތި

  • 2050  އަކަފޫޓުގެ 487 ގޯތި

  • 2450  އަކަފޫޓުގެ 4  ގޯތި

މިނިސްޓްރީ އިން އިއްޔެ ގެޒެޓު ކުރި އިއުލާނެއްގައި ބުނީ، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް އެ މިނިސްޓްރީން ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ.

  • އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރުސަތު ވަނީ އިތުރުކޮށްދީފައި

  • ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅޭނެ

  • ކަނޑައަޅާފައިވާ އަދަދަށް ވުރެ ގުޅިފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް