މަކުނުދޫ ފަޅުގައި ސޮނެވާއިން ތަރައްގީ ކުރި ސޮނެވާ ސީކްރެޓް

ސޮނެވާ

ރާއްޖޭގެ އެންމެ އެކަހެރި ރިސޯޓުގެ ގޮތުގައި ސޮނެވާ ސީކްރެޓް ހުޅުވައިފި

މިއީ ހދ. އަތޮޅުގައި މިހާރު ހިންގާ ހަމައެކަނި ރިސޯޓް

ރާއްޖޭގެ އެންމެ ހުޅަނގަށް އޮންނަ ހދ. މަކުނުދޫ ފަޅުގައި އޮންނަ 'ދިއްޕަރަފުށީ'ގައި ސޮނެވާއިން ހަދާ ރިސޯޓް، ސޮނެވާ ސީކްރެޓް ހުޅުވައިފި އެވެ.

ވީ ކިހިނެއް؟- މަކުނުދޫ ފަޅުގައި، އެ ރަށުން ފުރައިގެން ގާތްގަނޑަކަށް ވިއްސަކަށް މިނިޓުން ދެވޭ ކުޑަކުޑަ މި ރަށް ސޮނެވާއިން ތަރައްގީކޮށްފައިވަނީ ލަގްޒަރީ ރިސޯޓެއްގެ ގޮތުގަ އެވެ. މިއީ ހދ. އަތޮޅުުގައި މިހާރު އޮޕަރޭޓް ކުރާ ދެ ވަނަ ރިސޯޓެވެ. 

އެހެން ރަށްރަށާ ދުރުގައި، އޮންނަލެއް އެކަހެރިކަމުން ސޮނެވާއިން މިރަށް ފައްކާކޮށްފައިވަނީ ވެސް އެންމެ ފުރިހަމައަށް ޕްރައިވެސީ ލިބޭ، ޓޫރިސްޓުންނަށް އަމިއްލަ ތަޖުރިބާއެއް ކުރެވޭނެ ފަދަ ތަނެއްގެ ގޮތުގަ އެވެ.

މަކުނުދޫ ފަޅުގައި ސޮނެވާއިން ތަރައްގީ ކުރި ސޮނެވާ ސީކްރެޓް
މަކުނުދޫ ފަޅުގައި ސޮނެވާއިން ތަރައްގީ ކުރި ސޮނެވާ ސީކްރެޓް

ތަފްސީލު- މަކުނުދޫގެ މީހުން ކުރިން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުން ކުރި މިރަށުގައި މިހާރު:

  • މޫދާއި ބީޗު ހިމެނޭހެން މިރަށުގައި 14 ވިލާ ތަރައްގީކޮށްފައިވޭ

  • މިއީ ރާއްޖޭގައި މޫދުވިލާތަކެއް ތަރައްގީ ކުރި ފުރަތަމަ ފަހަރު

  • ކޮންމެ ވިލާއެއްގައި ވެސް ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް އެހީތެރިއަކާއި ބަޓްލަރަކާއި ކައްކާއެއް ހުރޭ

ހޮޓެލް އިންވެސްޓުމެންޓްސް ވެބްސައިޓަށް މިދިޔަ އަހަރު ދެއްވި އިންޓަވިއުއެއްގައި، ސޮނޭވާގެ ބާނީ ސޯނޫ ޝިވްދަސާނީ ވިދާޅުވި ގޮތުގައި:

  • ރިސޯޓު ހެދުމަށް، 40 މިލިޔަން ޑޮލަރު (614 މިލިޔަން ރުފިޔާ) ހަރަދުވި

  • ކޮންމެ ކޮޓަރިއަކަށް 3 މިލިޔަން ޑޮލަރު (46 މިލިޔަން ރުފިޔާ) ހަރަދުވި

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ނުކުރާއިރު ހދ. ދިއްޕަރަފުށި

އެނގުން މުހިންމު - ސޮނޭވާ އިން މިހާރު ރާއްޖޭގައި ހިންގަނީ ބ. އަތޮޅުގައި ހިންގާ ސޮނޭވާ ފުށީގެ އިތުރުން ނ. އަތޮޅުގައި ހިންގާ ސޮނޭވާ ޖާނީ އެވެ. މީގެ އިތުރުން، އެ ކުންފުނީގެ ޗާޓާޑް ޔޮޓް ސޮނޭވާ އަކުއާގައި ވެސް ފަތުރުވެރިންނަށް ހިދުމަތް ދެ އެވެ. އަދި އެ ކުންފުނިން ތައިލެންޑުގައި ވެސް ރިސޯޓެއް ހިންގަ އެވެ.

އެ ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރު އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް