މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ (ފޮޓޯ/ފުލުހުން)

މަގުތަކުން ފެން ހިނދެންދެން ކުނި ނުނެރެން އިލްތިމާސް ކޮށްފި

ޒަރޫރީ ބޭނުމަކަށް ނޫނީ ބަރު އުޅަނދުފަހަރާއި ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް ވެސް ފުލުހުން އިލްތިމާސް ކޮށްފައިވޭ

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައި ވާތީ، ފެންގަނޑު ނުހިނދެނީސް މަގުމައްޗަށް ކުނި ނުނެރެން ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު މެންދުރުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. މަގުތަކުން ފެން ހިންދުމަށް ސިފައިންނާ އެކު ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ތަފްސީލް - ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މަގުތަކުން ފެން ހިނދި އާންމު ހާލަތަކަށް މަގުތައް އަންނަންދެން މަގުމައްޗަށް ކުނި ނުނެރެން އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން ޒަރޫރީ ބޭނުމަކަށް ނޫނީ ބަރު އުޅަނދުފަހަރާއި ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.

މިއީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތުގެ ދުވަސްތަކެވެ. މެޓު އޮފީހުން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

  • މޫސުން ގޯސްވެ ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ޔެލޯ އެލާޓް ނެރުނީ ހއ. އިން ފެށިގެން ލ. އަތޮޅާ ހަމައަށް

ފާހަގަ ކުރެވޭ - މާލޭގެ އަށް ސަރަހައްދެއްގައި 14 ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗް، އެސްޓީއޯ ފުށް ގުދަން، ދިރާގު އޮފީސް، ވެސްޓް ޕާކް، ޖެލީ ޕިއްޒާ، ދަރުބާރުގެ، ފުޑްކޯޓް ސަރަހައްދު ހިމެނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް