ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވަނީ (ފޮޓޯ/އިންޑިއާގެ އެކްސްޓާނަލް އެފެއާޒް)

ރާއްޖެ-އިންޑިއާ

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ އީދު ތަހުނިޔާ ދިވެހިންނަށް

މޯދީ ވިދާޅުވި ގޮތުގައި މި އީދު ދުވަހުގައި ދެ ގައުމުގެ ދެމެދުގައިވާ އެކުވެރިކަމާއި އެއްބައިވަންތަކަން ހަނދާނަށް ގެނެސްދޭ

ފިތުރު އީދުގެ ތަހުނިޔާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުރިހާ ދިވެހިންނަށް ފޮނުއްވައިފި އެވެ.

ވީ ކިހިނެއް؟- ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ އީދުގެ ތަހުނިޔާ ކިޔުއްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށާއި ހުރިހާ ދިވެހިންނަށް މޯދީ މެސެޖެއް ފޮނުއްވާފައިވާ ކަމަށެވެ.

ކޮމިޝަނުން ބުނިގޮތުގައި އެ މެސެޖުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ:

  • އިންޑިއާ އާއި ރާއްޖެ ހިއްސާ ކުރާ ސަގާފީ އަދި ތަހުޒީބީ ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވާފައި

  • އަދި އީދު ދުވަހުން ހަނދާނަށް ގެނެސްދެނީ، އެންމެ އުއްމީދުކުރާ ސުލްހަވެރި އަދި އެންމެން ހިމެނޭ ދުނިޔެއެއް ބިނާކުރުމުގެ ބޭނުންތެރިކަމާއި އެކުވެރިކަމާއި އެއްބައިވަންތަކަން

ފާހަގަކޮށްލެވޭ - ވެރިކަން ބަދަލުވުމާ އެކު ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އައި ބަދަލުތަކުގެ ތެރެއިން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ މިއަހަރުގެ ކުރީކޮޅު ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެ ދަނޑިވަޅުގައި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ވަނީ، އިންޑިއާއަށް އިޝާރާތް ކުރައްވައި ވަރުގަދަ ރައްދުތަކެއް ދެއްވައިފަ އެވެ. 

އަދި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާއަށް ފާޑުކިޔައި އެކްސްގައި ކުރި ޕޯސްޓްތަކަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް