ވެމްކޯގެ މުވައްޒަފަކު މާލެ ސަރަހައްދުން ކުނި ނަގަން ހަރަކާތްތެރިވަނީ (ފައިލް ފޮޓޯ/މާލޭ ސިޓީ ކައުންސިލް)

ވެމްކޯ

މާލޭން ކުނި އުކާލާ އާންމު އުޅަނދުތަކުން ނަގާ ފީ އަނެއްކާވެސް ކުޑަކޮށްފި

އަންނަ ހޯމަ ދުވަހުން ފެށިގެން ނަގާނީ ކިލޯއަކަށް 50 ލާރީގެ މަގުން؛ މިދިޔަ މަހުން ފެށިގެން ނަގަމުން އައީ 75 ލާރި

މާލެ ސަރަހައްދުން ކުނި އުކާލާ އާއްމު މީހުންގެ އުޅަނދުތަކުން ނަގާ ފީ އަނެއްކާވެސް ކުޑަކޮށްފި އެވެ.

ވީ ކިހިނެއް؟ - މާލެ، ވިިލިމާލެ އަދި ހުޅުމާލެއިން ކުނި އުކާލާ އާއްމު މީހުންގެ އުޅަނދުތަކުން ނަގާ ފީއަށް 1 މާޗުގައި ވެސް ބަދަލުގެނަ އެވެ. އެގޮތުން އޭރު ކުޑަކުރީ:

  • ކުނި ގެންދާ އާއްމު އުޅަނދުގެ ޓަނަކަށް ނަގަމުން އައި 1،060ރ ގެ ބަދަލުގައި 750ރ 

  • ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އުޅަނދުތަައް ވަންނަ ކޮންމެ ފަހަރަކު 150ރ.

މި ބަދަލު ގެނެސްފައި ވަނިކޮށް، ރޯދަމަހާ ދިމާކޮށް މާލޭ ސަރަހައްދުގެ މަގުތަކަށް ކުނި ޖަމާކުރުމުގެ މައްސަލަތައް ބޮޑުވެ، މިދިޔަ މަހުގެ 10ވަނަ ދުވަހު ވަނީ އެފަދަ ކުނި އުކާލަން ދާ އާންމުންނަށް ހިލޭ ކުނި އުކާލެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. ނަމަވެސް، ވިޔަފާރިތަކުން ގެންދާ ކުނި އުކާލަން ކުނީގެ ބަރުދަނަށް ބަލައި ކިލޯއަކަށް 75 ލާރީގެ ފީއެއް ނަގާނެކަން އޭރު ވެމްކޯއިން އެންގި އެވެ.

މިއަދު ވެމްކޯއިން ކުރި އިއުލާނެއްގައި ވަނީ އާންމު މީހުންގެ އުޅަނދުތަކަށް ނަގާ ފީ އަންނަ ހޯމަދުވަހުން ފެށިގެން އަނެއްކާވެސް ކުޑަކުރަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

ބުނީ ކީކޭ؟ - ވެމްކޯއިން ނެރުނު އިއުލާންގައި ވާގޮތުން:

  • އާންމުންގެ އުޅަނދުތަކުން ހޯމަ ދުވަހުން ފެށިގެން ނަގަމުންދާނީ ކިލޯއަކަށް 50 ލާރީގެ މަގުން؛ އެއީ އާންމުންނާއި، އަމިއްލަ ކުންފުނިތަކުން ގެންދާ ދުވަހު ކުނި، ބޮޑެތި ކުނި، ސީއެންޑީ

  • ސަރުކާރު އޮފީސް އަދި ސަރުކާރު ކުންފުނިތަކުން ނަގަމުންދާނީ ކިލޯއަކަށް 2.66ރ؛ އެއީ ހުރިހާ ބާވަތެއްގެ ކުނި

  • ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ކޮންމެ އުޅަނދަކުން ހިދުމަތުގެ އަގުގެ ގޮތުގައި މިހާރެކޭ ވެސް އެއްގޮތަށް ކުނި އުކަން ވަންނަ ކޮންމެ ފަހަރަކަށް 150ރ ނަގާނެ

ވެމްކޯއިން ބުނީ އަގަށް ގެންނަ އެ ބަދަލާ އެކު ހަމަހަމަ އުސޫލަކުން މިނެކިރުމަށް، މާލޭގެ ހުރިހާ ސަރަހައްދެއްގައި މިނެ ކިރާނެ ނިޒާމު ގާއިމްކުރެވެންދެން ކުނީގެ ބަރުދަން ބަލާނީ ކުނި ގެންނަ އުޅަނދު ރަޖިސްޓްރީގައި އުފުލާ ބަރުދަނަށް ބިނާކޮށް ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް