ވެމްކޯގެ ކުނި އުކާ އުޅަނދެއް

ވެމްކޯ

މާލޭން ކުނި އުކާލާ އާންމު މީހުންގެ އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި

ކުނި ގެންނަ އާއްމު މީހުންގެ އުޅަނދުގެ ޓަނަކަށް ނަގަމުން އައި 1060ރ ގެ ބަދަލުގައި މިއަދުން ފެށިގެން ނަގާނީ 750ރ

މާލެ ސަރަހައްދުން ކުނި އުކާލާ އާއްމު މީހުންގެ އުޅަނދުތަކުން ނަގާ ފީ މިއަދު ކުޑަކޮށްފި އެވެ.

ވީ ކިހިނެއް؟ - އެކަން ހާމަކުރީ، މާލެ، ވިިލިމާލެ އަދި ހުޅުމާލެއިން ކުނި އުކާލަން އަންނަ އާއްމު މީހުންގެ އުޅަނދުތަކުން ނަގާ ފީ އަށް ބަދަލު ގެންނަން ނިންމާފައިވާކަން ހާމަކޮށް މިއަދު ވެމްކޯއިން ނެރުނު ބަޔާނެއްގަ އެވެ.

އެގޮތުން މިއަދުން ފެށިގެން ފީއަށް ގެންނަ ބަދަލުތައް ވެމްކޯއިން މިއަދު ވަނީ ހިއްސާކޮށްފަ އެވެ.

ތަފްސީލް - އެގޮތުން ގެނައި ބަދަލުތަކަކީ:

  • ކުނި ގެންނަ އާއްމު މީހުންގެ އުޅަނދުގެ ޓަނަކަށް ނަގަމުން އައި 1060ރ ގެ ބަދަލުގައި މިއަދުން ފެށިގެން ނަގާނީ 750ރ

  • ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދުތަަކަށް ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އުޅަނދުތަކަށް ވަންނަ ކޮންމެ ފަހަރަކު 150ރ

  • ވެއި ބްރިޖް ގާއިމްވެފައިވާ ފެސިލިޓީތަކަށް ކުނި ގެނައުމުން އާންމުންގެ ފަރާތުން އަންނަ އުޅަނދަށް ޗާޖު ކުރާނީ ގެންނަ ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 750ރ

  • ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގެންނަ ކުނީގެ ބަރުދަނަށް ބަލައި 2660ރ

އިތުރު އާޓިކަލް

އިތުރު އާޓިކަލް