މަސްޖިދުލް ހަރަމްގައި ރޭ ތަރާވީހާއި ދަމުނަމާދުގައި ބައިވެރިވި މީހުން

މަސްޖިދުލް ހަރަމްއަށް ރޭ 2.5 މިލިއަން މީހުން ޖަމާވެ، ނަމާދުކޮށްފި

މުސްލިމުންގެ އެންމެ މުގައްދަސް ބިމަށް އެއްވި މީހުންތަކުން ފެންނަނީ އިސްލާމް ދީނުގެ މަތިވެރިކަމާއި ރޯދަމަހުގެ މާތްކަން ހޯދަން ކުރާ މަސައްކަތް
6 އޭޕްރީލު 2024

ރޭ މައްކާގެ މަސްޖިދުލް ހަރަމްއަށް ދުނިޔޭގެ އެކި ހިސާބުތަކުން 2.5 މިލިއަން އަޅުވެރިން ޖަމާވެ، ތަރާވީހު ނަމާދާއި ދަމުނަމާދު، ޖަމާއަތުގައި ފުރިހަމަކޮށްފި އެވެ.

ރޭގެ ދަމުނަމާދު އިމާމްވެ ކުރެއްވީ ހަރަމްފުޅުގެ އިސް އިމާމް އަބްދުއްރަހުމާން އަލް ސުދެއިސް އެވެ.

ގެފުޅު ވަށައިގެން ތޮވާފުކުރާ އިރު މިސްކިތުގެ އެކި ހިސާބުތައް ފުރިފައި

ރޯދަމަހުގެ ފަހު 10ގައި މަސްޖިދުލް ހަރަމް އޮންނަނީ ފުރި ބާރުވެފަ އެވެ. ހާއްސަކޮށް 27 ވަނަ ވިލޭރެއަށް ވުމުން މިސްކިތާއި މިސްކިތާ ގުޅިފައި އޮތް ސަރަހައްދުން މީހުން މަދުވުމެއް ނެތެވެ.

މަސްޖިދުލް ހަރަމްގެ ގޯތި ތެރެ: ރޭ މުޅި ސަރަހައްދު އޮތީ ފުރިބާރުވެފައި

ސައުދީ އަރަބިއްޔާއިން ގެންދަނީ މަސްޖިދުލް ހަރަމް ހިމެނޭ ސަރަހައްދު ބޮޑުކޮށް، ޒަމާނީ ފެންވަރަށް ހަދަމުންނެވެ. މިހާރު ވެސް އެއީ ދުނިޔޭގައި އެންމެ ބޮޑު ހޭދައެއް ކުރި އެއް މަޝްރޫއު އެވެ. އެގޮތުން މަސްޖިދުލް ހަރަމްގެ ތަރައްގީއަށް ސައުދީން ހިންގާ މަޝްރޫއުއަށް 21 ބިލިއަން ޑޮލަރު (323 ބިލިއަން ރުފިޔާ) ހޭދަކުރި އެވެ.

ސައުދީން ވަނީ މި ބޮޑު މިސްކިތުގެ ތަރައްގީއަށް 21 ބިލިއަން ޑޮލަރު ހޭދަކޮށްފައި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް