އޮގަސްޓު 26، 2023: ފުވައްމުލައް މަގުމަތި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފަތުރުވެރިޔާ އަތުން ވަގަށް ނެގި ހުރިހާ ސާމާނެއް ހޯދައިފި

ފަތުރުވެރިޔާ ބުނެފައިވާ ގޮތުން އޭނާ ބީޗުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި ސާމާނުގެ ތެރޭގައި އޭނާގެ ޑްރޯން އާއި ފޯނުގެ އިތުރުން ކްރެޑިޓް ކާޑުތަކާއި ފައިސާ ވެސް ހިމެނޭ

ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގޮނޑުދޮށުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި ސާމާނުތައް ހޯދައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ އާ ގުޅިގެން ފަތުރުވެރިޔާ ވާހަކަ ދައްކާ ވިޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވީޑިއޯގައި ފަތުރުވެރިޔާ ބުނީ، އޭނާ މޫދަށް އެރެން ފޭބި ވަގުތު ބަލާފައި، އޭނާ ބީޗުގައި ބަހައްޓާފައި ހުރި ޑްރޯން އާއި މޯބައިލް ފޯނު ހިމެނޭހެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމަށެވެ. އަދި އޭނާ ދުއްވަން ގެންގުޅުނު ސައިކަލު ވެސް ވަގުން ގެންދިޔަ ކަމަށެވެ.

ތަފްސީލް - މިދިޔަ މަހުގެ 24 ވަނަ ދުވަހު ހިނގި ވައްކަމުގެ އެ ހާދިސާ އާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ރޭ 'އެކްސް'ގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަތުރުވެރިޔާ އަތުން ގެއްލިގެން ރިޕޯޓް ކުރި ހުރިހާ ސާމާނެއް ފުވައްމުލަކު ފުލުހުން ހޯދާފައިވާ ކަމަށެވެ.

ފަތުރުވެރިޔާ ބުނެފައިވާ ގޮތުން އޭނާ ބީޗުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި ސާމާނުގެ ތެރޭގައި އޭނާގެ ޑްރޯން އާއި ފޯނުގެ އިތުރުން ކްރެޑިޓް ކާޑުތަކާއި ފައިސާ ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 1،500ރ. އަދި 200 ޑޮލަރެވެ.

  • މޫދަށް ފޭބުމުގެ ކުރިން ޑްރޯން ދުއްވަން ހުއްޓާ، ދެ ފިރިހެން ކުއްޖަކު އޭނާ ގާތަށް އައިސް ޑްރޯންގެ އަގާއި އެއާ ގުޅޭ އެހެން ސުވާލުތައް ކުރި ކަމަށް ފަތުރުވެރިޔާ ބުނި

  •  އޭނާ ލަފާކުރަނީ އެއީ 15 އަހަރާއި 17 އަހަރުގެ ކިޔަވާ ކުދިން ކަމަށް

  • އެ ކުދިންނާ އެކު ދެތިން މިނެޓު ވާހަކަ ދައްކަން ހުރުމަށް ފަހު ޑްރޯން އާއި އޭނާ ގެންގުޅުނު އެހެން ތަކެތި ބީޗުގައި ބެހެއްޓުމަށް ފަހު އޭނާ އެރުނީ މޫދަށް

  • މޫދުގައި ހުއްޓައި އެ ކުދިން އޭނާގެ ސައިކަލް ނަގާތަން ފެނުނު؛ އެއްވެސް މީހަކު އެ މީހުން ނުހުއްޓުވާ

  • އެއަށް ފަހު ތުވާލި ދަށުގައި އޮތް ޑްރޯން އާއި ބީޗުގައި ބަހައްޓާފައި ހުރި ދެ ދަބަސް ވެސް ނަގައިގެން ގެންގޮސްފައި؛ ދަބަސްތަކުގައި ވޮލެޓާއި ސައިކަލުގެ ތަޅުދަނޑި ފަދަ ސަމާނު ހުންނާނެ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް