ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުﷲ ޝަމާލްގެ މަންމަ ހަފީޒާ ހަސަން

އަބްދުﷲ ޝަމާލް

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝަމާލްގެ މަންމަ އަވަހާރަވެއްޖެ

ހަފީޒާ ހަސަން އަކީ ރައީސް އޮފީހުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅެއް
3 އޭޕްރީލު 2024
1

މިދިއަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލްގެ މަންމަ ހަފީޒާ ހަސަން މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުން 85 އަހަރުގައި އަވަހާރަވި ހަފީޒާގެ ޖަނާޒާ އޮތީ މިއަދު އަސަރު ނަމާދަށް ފަހު، ހުޅުމާލޭ ސަހަރާގަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ވެސް ތިމާގެ ބޭފުޅެއް ކަމަށްވާ ހަފީޒާ ވަނީ ރައީސް އޮފީހުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިފަ އެވެ.

ސަރުކާރުގައި ހިދުމަތްކުރެއްވި ހަފީޒާ ހަސަން ލިއުއްވަނީ

ހަފީޒާއަށް ހަތް ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން ޝަމާލްއަކީ ދިވެހި ސިފައިންގެ ތެރޭގައި ވަރަށް ފާހަގަކޮށްލެވުނު ބޭފުޅެކެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވާފައި ސަރުކާރު ބަދަލުވުމާ އެކު ،މިދިއަ 17 ނޮވެމްބަރުގައި ޝަރަފުވެރިކަމާ އެކު ރިޓަޔަކުރެއްވި އިރު ދެ ބުރެއްގެ މަތިން އޭނާ 35 އަހަރު ސިފައިންގެ ތެރޭގައި ހިދުމަތްކުރެއްވި އެވެ.

ކޮމެންޓް (1)

ސަލާމް

3 އޭޕްރީލު 2024
މަރުހޫމާގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން
20 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް