އިސްލާމީ މަރުކަޒުގައި އަންހެނަކު ކުޑަކުއްޖަކުން ގޮވައިގެން ނަމާދަށް ދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށް ނަގައިފި

މި މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައި

މާލޭ މިސްކިތެއްގައި ރޭ ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށް ނަަގައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު ފުލުހުން ވަނީ އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

ތަފްސީލު - ފުލުހުންގެ ތަރުޖަމާނު ސްޕްރިޑެންޑް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު 'ދައުރު'އަށް ވިދާޅުވީ، އަލިކިލޭފާނު މަގުގައި ހުންނަ ސަލާހުއްދީން މިސްކިތުގައި ރޭ ދަންވަރު ދަމު ނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓްގައި އޮތް 700ރ. ވަގަށް ނެގި މައްސަލައެއް އެ އިދާރާއަށް ހުށަހެޅި ކަމަށެވެ. 
"ސަލާހުއްދީން މިސްކިތުން ވައްކަން ކުރީ3:10އެހާއިރު. މީހުން އަތުލައިގަނެވުނީ [މިއަދު] 7:03ގައި ތަކެއްޗާ އެކު،" އޭނާ ވިދާޅުވި އެވެ.

ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ދެ ފިރިހެނުންނެވެ.

ފާހަގަކޮށްލެވޭ ކަމެއް-  ރޯދަ މަސްތަކުގައި ވައްކަމުގެ މައްސަލަތައް އިތުރުވާއިރު، މި ރޯދަ މަހު މިސްކިތްތަކުން ވައްކަން ކުރުން ވަނީ އާންމުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް