ތަގުވާ މިސްކިތުގައި ހުރި ފަންކާއެއް ވަގަށް ގެންދަނީ

ތަގުވާ މިސްކިތުން ފަންކާ ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މިސްކިތުގައި މީހަކު ނެތް ވަގުތެއްގައި، ޒުވާން ފިރިހެނަކު މިސްކިތުގެ ތެރެއަށް ވަދެ އެތަނުގައި ހުރި ސްޓޭންޑް ފަންކާ ވަަގަށް ނަގައިގެންދާ ތަން ފެންނަ ވީޑިއޯ އެއް ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައި

ތަގުވާ މިސްކިތުން ފަންކާ ވަގަށް ނެގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.

ވީ ކިހިނެއް؟ - މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ، މާލޭ ސިޓީ ކައުންސިލުން ބުނީ މިސްކިތްތަކުން އެންމެ ގިނައިން ވަގަށް ނަގަނީ އެތަނުގައި ހުންނަ ފަންކާތައް ކަމަށެވެ.

ތަފްސީލް - އެ މިސްކިތުގައި މީހަކު ނެތް ވަގުތެއްގައި، ޒުވާން ފިރިހެނަކު މިސްކިތުގެ ތެރެއަށް ވަދެ އެތަނުގައި ހުރި ސްޓޭންޑް ފަންކާ ވަަގަށް ނަގައިގެންދާ ތަން ފެންނަ ވީޑިއޯއެއް ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފަ އެވެ. ސީސީޓީވީ ފުޓޭޖުން އެނގޭ ގޮތުގައި ވައްކަން ކޮށްފައި ވަނީ ތަރާވީހު ނަމާދު ނިމުނުތާ ގަޑިއިރެއްހާއިރު ފަހުންނެވެ.

އެ ވީޑިއޯ އާ ގުޅުވައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފަންކާ ވަގަށް ނެގި ކަމުގެ ތުހުމަތުކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފާހަގަ ކުރެވޭ - މިދިޔަ ހަފުތާގައި ދަރުމަވަންތަ މިސްކިތުން ވެސް ވަނީ ދެ ފަންކާއެއް ވަގަށް ގެންގޮސްފަ އެވެ. އަދި ރޭ ނޫން ކުރީ ރޭ އެތަނުގެ ފެން މޯޓަރު ވެސް ވަނީ ވަގަށް ގެންގޮސްފަ އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަކު ވެސް ވައްކަމުގެ މައްސަލަތައް އިތުރުވެ އެވެ. އާއްމު ގޮތެއްގައި ވައްކަން ކުރަނީ ހެނދުނު ވަގުތުގައި މީހުން ނިދާފައި ތިއްބަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް