ދެކުނު ގާޒާގައި ފަލަސްތީނު ކުޑަކުދިންތަކެއް ކާނޭ އެއްޗެއް ހޯދަން ކިއު ހަދައިގެން

ޒަކާތު ފަންޑު

ޒަކާތު ފަންޑުން ފަލަސްތީނަށް އެހީވާން ނިންމައިފި

މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރަށް އެހީ ދޭ ފުރަތަމަ ފަހަރު

ރާއްޖޭގެ ޒަކާތު ފަންޑުން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ގާޒާއަށް އެހީވާން ނިންމައިފި އެވެ. މިއީ ޒަކާތު ފަންޑުން، ރާއްޖޭން ބޭރުގެ ބަޔަކަށް އެހީވާ ފުރަތަމަ ފަހަރެވެ.

ވީ ކިހިނެއް؟- އިޒްރޭލުގެ އުދުވާނީ ހަމަލާތަކުން ގާޒާ ސުންނާފަތިކުރަމުން ދާއިރު، ހަމަލާތަކުގައި މިހާތަނަށް ގާޒާއިން 33،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެހީގެ ތަކެތި ގާޒާއަށް ނުވެއްދޭތީ ހައިހޫނުކަން ކުރިމަތިވެ، ބައެއް ކުދިންނާއި މީހުން ބަނޑަށް މަރުވަމުން ވެސް އެބަ ދެ އެވެ.

ތަފްސީލު- ދިވެހި ޒަކާތު ފަންޑުން އެހީވާން ނިންމިކަން އިއުލާން ކުރައްވައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ "ގާޒާގެ އަހުންނާއި އުހުުތުން އަދި ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން އަހަރުމެން ބަލަން ބޭނުން ނުވާ" ކަމަށެވެ. އަދި ދިވެހިންގެ އަތުގައި ހުރި އެއްޗަކުން، އެ މީހުންނަށް އެހީ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ދިވެހި ރައްޔިތުންގެ ދީލަތި އިހުސާސް،" މިނިސްޓަރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި:

  • މިއީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރަށް އެހީ ފޮނުވާ ފުރަތަމަ ފަހަރު

  • އަދި މިއީ ޒަކާތަށް ހާއްސަ އިދާރާއެއް، ރާއްޖޭގައި ގާއިމުވުމާއި ތަނަވަސް ދިވެހިން، ޒަކާތު ހައުސްއަށް ޒަކާތް ދެއްކުމުގެ ނަތީޖާ ކަމަށް

އެނގުން މުހިއްމު- މޯލްޑިވްސް ޒަކާތު ހައުސް'ގެ ނަމުގައި، ޒަކާތަށް ހާއްސަ އިދާރާއެއް އުފެއްދީ މިދިޔަ ޖެނުއަރީ މަހު އެވެ. މަގްސަދަކީ، ނިޒާމު ހަރުދަނާކޮށް ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑް ތަރައްގީ ކުރުމެވެ.

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް، ދިވެހިން އަންނަނީ މިހާރު ވެސް އެހީތެރިވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް