ޔާމީންގެ ސަރުކާރުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން އެމަނިކުފާނުގެ އަރިހުގައި ސައީދު(ވ): ކުރިން ޔާމީންއާއެކު ގާތުން މަސައްކަތް ކުރެއްވި ސައީދު މިހާރު ގެންދަވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން (ފައިލް ފޮޓޯ/ މިހާރު)

ސައީދު، ޔާމީނަށް: ތިޔަ އުޅުއްވަނީ އެހެން ވެރިޔަކު ވެރިކަން ކުރައްވާ މަންޒަރު ބައްލަވަން ހަޖަމް ނުވެގެން

ޔާމީންގެ ވާހަކައަށް ގޮންޖައްސަވައި، ސައީދު ވިދާޅުވީ ޑޮލަރުގެ އަގު ހިފެހެއްޓުނީ މި ސަރުކާރުގެ އިގްތިސާދީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންނަށް ވެގެން އުޅޭ ގޮތަކީ އެހެން ވެރިޔަކު ރާއްޖޭގައި ވެރިކަން ކުރާ މަންޒަރު ބަލަން ހުންނަވަން ހަޖަމް ނުވެގެން ކަމަށް ވިދާޅުވެ، އެމަނިކުފާނަށް އިކޮނޮމިކް މިނިސްޓަރު ސައިދު ރައްދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ޔާމީންގެ ސަރުކާރުގައި ވެސް އިކޮނޮމިކް މިނިސްޓަރުގެ މަގާމު އަދާ ކުރެއްވި ސައީދު މިގޮތަށް ޔާމީނަށް ރައްދު ދެއްވީ، ރޭ އެމަނިކުފާނު ޑޮލަރު އަގު ދަށްވުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކައަށް 'ދައުރު'ގައި ޖެހި ހަބަރަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ތަފްސީލު - ޑޮލަރުގު އަގު ދަށްވީ މި ސަރުކާރުގެ އިގްތިސާދީ ފިޔަވަޅުތަކުން ކަމަށް ސައީދު ވިދާޅުވެފައި ވަނިކޮށް، ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ޔާމީން ވަނީ އެކަމުގައި އެމަނިކުފާނު ދެކެވަޑައިގެންނަވާ ގޮތް ހާމަ ކުރައްވައިފަ އެވެ. ޔާމީން ވިދާޅުވި ގޮތުގައި އެއީ ސަރުކާރުން އެޅި ފިޔަވަޅުތަކުންވީ ކަމެއް ނޫނެވެެ. މަޝްރޫއޫތައް ހުއްޓާލާފައި އޮތުމުންވީ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި، ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރުގެ އަގު އަދިވެސް ދާނީ ރަށަށް ކަމަށެވެ. އެކަން އެހެން ވަނީ، ރައީސް މުއިއްޒުގެ ސަރުކާރުން އަޅުވަމުންގެންދާ ހަރުދަނާ ފިޔަަވަޅުތަކުގެ ސަބަބުން ކަމަށް އެ ޕޯސްޓުގައި ވެސް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"ހުއްޓިފައިވާ އެތައް މަޝްރޫޢުތަކެއް އެދަނީ އެއްވެސް ވެރިކަމެއްގައި މިހާ ކުރީކޮޅު ކުރިއަށް ނުދާ ބާރުމިނުގައި ކުރިއަށް. ގައުމުގެ މާލީހާލަތު އޮތީ މީގެ ކުރީން ވެރިކަމެއްބަދަލުވެ އައުސަރުކާރަކާ ގައުމު ހަވާލުވި އިރު އޮތް އެންމެ ނުރައްކާތެރި ހާލަލަތުގައި،" ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ސައީދު، ޔާމީނަށް ރައްދު ދެއްވައި ވިދާޅުވި އެވެ.

"މިއީ ހަގީގަތް. ރާއްޖެއަށް ދިމާވެފައިވާ އެއްމެބޮޑު އެއް މައްސަލައަކީ ވެރިކަންކޮށް ފައިބާފަރާތްތަކަށް އެހެންވެރިއަކު ވެރިކަންކުރާ މަންޒަރު ހަޖަމްނުވުން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް