އައިޖީއެމް ހޮޮސްޕިޓަލް (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

އާސަންދަ

35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކްއަޕް ޕެކޭޖު ތައާރަފު ކޮށްފި

އެޑިއުކޭޝަން މިނިސްޓްރީ އިން ކަނޑައަޅާ ގްރޭޑުތަކުގެ ދަރިވަރުން ހަދަން ޖެހޭ ހާއްސަ ޓެސްޓުތައް ވެސް އާސަންދަ މެދުވެރިކޮށް ސަރުކާރު ހޮސްޕިޓަލުތަކުން މިހާރު ހެެދޭނެ

އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެއްދޭ ޕެކޭޖު މިއަދު ތައާރަފު ކޮށްފި އެވެ.

ވީ ކިހިނެއް؟ -ސަރުކާރުގެ އިންޝުއަރެންސް ސްކީމު، އާސަންދަ މެދުވެރިކޮށް ދިވެހިންނަށް މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް އާސަންދަ އިން މެޑިކަލް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

  • މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެއްދޭ

ތަފްސީލް - އާސަންދަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކްއަޕް ހެދޭނެ ޕެކޭޖު ތައާރަފުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އިން ކަނޑައަޅާ ގްރޭޑުތަކުގެ ދަރިވަރުން ހަދަން ޖެހޭ ހާއްސަ ޓެސްޓުތައް ވެސް އާސަންދަ މެދުވެރިކޮށް ސަރުކާރު ހޮސްޕިޓަލުތަކުން ހެެދޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް އާސަންދަ އިން ބުންޏެވެ.

އާސަންދަ އިން އިތުރަށް ބުނީ

  • ޖެނުއަރީ މަހު ތައާރަފުކުރި މެޑިކަލް ޕެކޭޖު ތަންފީޒު ކުރުމުގައި ބައެއް ދަތިތައް ހުރުމުން އެކަމަށް ރިއާޔަތްކޮށް އުމުރުފުރާތަކަށާއި ޕެކޭޖުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް

  • މިއަދުން ފެށިގެން 35 އަހަރުން މަތީގެ ޕެކޭޖަކާއި 40 އަހަރުން މަތީގެ މީހުން ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަން ޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެއް ވަނީ އިތުރު ކޮށްފައި

  • ކެންސަރު ސްކްރީނިން ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ހަދަން ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ އެހެން ޓެސްޓުތައް އަހަރަކު އެއްފަހަރު ސްކީމުގެ ތެރެއިން ހެދޭނެ

  • ވަކި މުއްދަތެއްގެ ތެރޭ ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށް ޑޮކްޓަރު ލަފާދިނުމުން އެ ޓެސްޓުތައް ވެސް ސްކީމުގެ ތެރެއިން ހެދޭނެ

އެނގުން މުހިއްމު - އާސަންދައިގެ ދަށުން މެޑިކަލް ޗެކްއަޕް ހެދެނީ ރަށްތަށުގައި ނަމަ ސިއްހީމަރުކަޒުތަކާއި ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކުންނެވެ.

މާލެ ސަރަހައްދުން އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެދޭނީ ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުންނެވެ.

އެއް އަހަރު ތެރޭ ދެވަނަ މެޑިކަލް ޗެކްއަޕްއެއް ހަދަން ޖެހިއްޖެ ނަމަ، ޑޮކްޓަރުންގެ ލަފައާ އެކު އޮންނަ އުސޫލުގެ ދަށުން ދެވަނަ ޗެކްއަޕެއް ވެސް ހެދޭނެ އެވެ.

  • ދެވަނަ ޗެކްއަޕް ހެދޭނީ ފުރަތަމަ ޗެކްއަޕް ހަދާތާ ހަ މަސްފަހުން

  • ޗެކަޕްގައި ހިމެނެނީ ލޭ، ކުޑަކަމުދާ ތަކެތި، ބޮޑުކަމުދާ ތަކެތީގެ ޓެސްޓުތައް އަދި އީސީޖީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް