ދާންދޫ ދާއިރާގެ ކެމްޕޭނު ޖަގަހަ ހުޅުމާލޭގައި ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/އަޒްމީ)

މަޝްރޫއުތައް ކުރިއަށް ގެންދަން ސަރުކާރު ކެންޑިޑޭޓުން ހޮވަން ޖެހޭ: ރައީސް

ވެރިކަމަށް އަންނަން ސަރުކާރުން ހަދާފައިވާ މެނިފެސްޓޯގެ ކަންތައް ހާސިލްކުރަން ސަރުކާރުގެ ވިސްނުމުގައި ހުރި ކެންޑިޑޭޓު ހޮވަން ރައީސް އެދިވަޑައިގެންނެވި

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް، ސަރުކާރަށް އެއްބާރުލުން ދިނުމަށް ސަރުކާރަށް ތާއީދުކުރާ 93 މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހޮވައިދިނުމަށް ރައްޔިތުންގެ ކިބައިން ރައީސް މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރައީސް އެގޮތަށް އެދިވަޑައިގަތީ އަންނަ މަހުގެ 21ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަނުގެ ފަރާތުން ދާންދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު މަޒީލްގެ ކެމްޕޭނު ޖަގަހަ ހުޅުމާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "93 ދާއިރާއެއް އޮތްއިރު މި 93 ދާއިރާގެ ރައްޔިތުންގެ ކިބައިން ވެސް މި އެދެނީ މި ކަންތައްތައް،" ވެރިކަމަށް އައުމަށް ސަރުކާރުން ހަދާފައިވާ މެނިފެސްޓޯގެ ކަންކަން ހާސިލްކުރަން ސަރުކާރުގެ ވިސްނުމުގައި ހުރި ކެންޑިޑޭޓު ހޮވުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ރައީސް ވިދާޅުވި އެވެ.

"އެބޭފުޅުން ހޮއްވަވައިދެއްވީމާ، [ސަރުކާރަށް ފަސޭހަވާނެ] މަޖިލީހުގެ ތެރެއިން މުހިއްމު ބަޖެޓު ފާސްކުރި ނަމަވެސް، ލޯނުތައް ފާސްކުރަން ކަމަށް ވިޔަސް އަދި މުހިއްމު ގާނޫނުތައް ހެދުން ވިޔަސް، ގާނޫނުތަކަށް ގެންނަންވާ ބަދަލު ގެނައުން ވިޔަސް ސަރުކާރުގެ އެކިއެކި ކަންކަމަށް ދެއްވަން ޖެހޭ އެހީތެރިކަން ދެއްވުން ކަމަށް ވިޔަސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މުޅި ދައުލަތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ސަރުކާރަށް ލިބޭނީ ސަރުކާރަށް ތާއީދުކުރާ މެންބަރުން ހޮވައިގެން ކަމަށެވެ.

"...އަޅުގަނޑުމެންގެ މި 93 ކެންޑިޑޭޓުން ތިބޭފުޅުން، މުޅި ރާއްޖޭގެ ރައްޔިތުން ހޮއްވަވައިދެއްވުމަކީ ދިވެހިންގެ ރާއްޖެ ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް