މަސްވެރި އަލިބެގެ ނަމުން މަޝްހޫރު ގއ. ވިލިނގިލި އަލީ ރަޝީދުު

ގއ. ވިލިނގިލި

މަސްވެރި އަލިބެއަށް އާރުޑީސީގެ ވަޒީފާއެއް

ސަރުކާރަށް ފާޑުކިޔާ މީހެއްގެ ގޮތުގައި އަލިބެ މަޝްހޫރުވި ނަމަވެސް އޭނާ ފަހުން ވަނީ ސަރުކާރަށް ތާއީދުކޮށް ވާހަކަަ ދައްކާފައި

މަސްވެރިކަމާ ގުޅުން ހުރި ކަންތައްތަކުގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިޔާ ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދި އަލީ ރަޝީދު (މަސްވެރި އަލިބެ) އަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ވަޒީފާއެއް ދީފި އެވެ.

ވީ ކިހިނެއް؟ - މަސްވެރިންނަށް ފައިސާ ނުދީ ލަސްވާތީ ގއ. ކޫއްޑޫގައި މިދިޔަ މަހު ކުރި މުޒާހަރާތަކުގެ އިސް ސަފުން ވެސް ފެނުނު އަލީ ރަޝީދަށް ވަޒީފާ ދިނީ ގއ. ވިލިނގިލީ އާރުޑީސީ ސައިޓުންނެވެ. އޭނާ ހަމަޖައްސާފައިިވަނީ އިންވެންޓްރީ މެނޭޖުމެންޓު އޮފިސަރެއްގެ މަގާމަށެވެ.

ތަފްސީލް - ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަނުގެ ފަރާތުން ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ޔަޒްމީދު މުހައްމަދުގެ ކެމްޕޭނު ޕޭޖަކުން ވެސް ވަނީ، އަލިބެއަށް ވަޒީފާ ހަމަޖެހުނުކަން އިއުލާނުކޮށް މަރުހަބާ ކިޔައިފަ އެވެ.

ސަރުކާރަށް ފާޑުކިޔާ މީހެއްގެ ގޮތުގައި އަލިބެ މަޝްހޫރުވި ނަމަވެސް އޭނާ ފަހުން ވަނީ ސަރުކާރަށް ތާއީދުކޮށް ވާހަކަަ ދައްކަން ފަށައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް