މިދިޔަ އަހަރުގެ ރިޕޯޓު ފޯމް ދިން ދުވަހެއްގައި ދަރިވަރުންނާއި ބެލެނިވެރިނަތްކެއް ސްކޫލުން ނުކުންނަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ތައުލީމު

ސްކޫލްތަކުގެ އިމްތިހާން އަވަސް ނުކުރާ ގޮތަށް ނިންމައިފި

މަޖިލިސް އިންތިހާބާ ދަރިވަރުންގެ އިމްތިހާން ދިމާވާތީ، އިމްތިހާނު އަވަސް ކުރާގޮތަށް ކުރިން ނިންމި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ސްކޫލު ކުދިންގެ އިމްތިހާނު އަވަސް ކުރަން ކުރިން ނިންމި ނަމަވެސް، އެއަށް އަމަލު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ރައްޔިތުންގެ  މަޖިލީހުގެ އިންތިހާބު ބާއްވާގޮތަށް ހަމަޖައްސާފައިވަނީ އަންނަ މަހު 21 ގަ އެވެ. އެކަމަކު އެ ތާރީހާ، ސްކޫލު ކުދިންގެ އިމްތިހާނާ ދިމާވާތީ، އިމްތިހާނު އަވަސް ކުރުމަށް މި މަހުގެ ކުރީކޮޅު ސަރުކާރުން ނިންމި އެވެ.

އެގޮތުން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ:

  •  2023- 2024 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގައި ގްރޭޑު 7،8 އަދި 9ގެ ދަރިވަރުންގެ އިމްތިހާނު ބޭއްވުމަށް 16 އޭޕްރީލް އިން 27 އަށް ކަނޑައަޅާފައިވީ ނަމަވެސް މަޖިލިސް އިންތިހާބާ ދިމާވާތީ އިންތިހާބު ފަށާ ތާރީހަށް ބަދަލު ގެނެސްފައިވާ ކަމަށް

  • އަދި މި މަހުގެ 27 އާއި އަންނަ މަހުގެ 25 އާ ދެމެދު ރަސްމީ ދުވަސްތަކުގައި އިމްތިހާނުތައް ބާއްވާ ނިންމަން އެދުނު

  • އެއާއެކު އެކަމާމެދު ހިތްހަމަ ނުޖެހި ގިނަ ބެލެނިވެރިންނާއި ދަރިވަރުން ކަންބޮޑުވުން ފާޅުކުރި

ތަފްސީލު- ސަންގު ޓީވީގެ ޕްރޮގްރާމެއްގައި، ޑރ. މުއިއްޒު ރޭ ވަނީ މި ބަދަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި:

  • އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއާ ވާހަކަ ދައްކަައިގެން، އެ އިމްތިހާނުތައް އަވަސް ނުކުރާ ގޮތަށް ހަމަޖައްސާނެ

  • އެފަދަ ކަންކަން ރާއްވަވާނީ، ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތިނުވާ ގޮތަށް ކަމަށް ވިދާޅުވި

އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން ފުރަތަމަ ޓާމު ނިމޭނީ އޭޕްރީލް 30 ގައެވެ. އަދި މެއި 2 އިން 23 އަށް އެއީ އަހަރީ ޗުއްޓީ އެވެ.

ކޮމެންޓް (5)

ތެފައާސާ.

31 މާރިޗު 2024
ދޮގެއް ހެދިއަސް މިހާ ފާޅުގައި ދޮގު ހަދާކަށް ނުވާނެ. އަވަސްކުރި އިމްތިހާން ނިމުނު ހަފުތާގައި ސްކޫލުތަކުގައި ނަގައި ނިމުނީމާ، މިހާރު އެބުނަނީ އަވަސް ނުކުރަން ނިންމައިފީމޭ. ބާކީ ތިބި އިމްތިހާނުތަށް ދެން އޮންނާނީ އީދު ބަންދު ނިންމާފައި ސްކޫލުތައް ހުޅުވުނީމައި. އެއީ ހަމަ ކުރިންވެސް އޮތްގޮތް. ކީކޭ ދެން ބުނާނީވެސް؟؟
1 0

ޢަލީ

30 މާރިޗު 2024
ކީކޭ ބުނާނީ އަޅެ. ޢިމްތިހާނު ބައެއް ސްކޫކްތަކުގަ ފަށައިފި. ‎ އެޑިޔުކޭޝަން މިނިސްޓަރ މީ ވާނުވާ އެނގޭ މީހެއް ނޫން. މީހުން ދައްކާ ވާހަކައެއް ގަބޫލް ކުރާ މީހެއް ނޫން. ހުރިހާ ކަމެއް އެގޭނީ އޭނަޔަށް. މިނިސްޓްރީގައި އޭނަ އަހަނީ 2 ސްޓޭޓް މިނިސްޓަރަކު ދައްކާ ވާހަކަ. އެދެމީހުން ސަކޫލެއްގައި މަސައްކަތް ނުކުރާތާ އެތައް ދުވަހެއް. މިނިސްޓްރީ އަކު މަސައްކަތެއް ނުކުރޭ. ރައީސަށް މި މިނިސްޓަރު ކިބައިން ސަލާމަތެއް ނުވާނެ. މީނަ މި އެޑިޔުކޭޝަނުން ބަދަލު ވާން ޖެހޭ. މިދާއިރާއަށް ޓަކައި. އަޅުގަޑުމެން ހީކުރީ އައިޝަތު ޝިހާމް ކަމަށް އަންނާނީ. ޝީ އިސް ދަ ބެސްޓް.
8 5

ޢަހުމަދު

30 މާރިޗު 2024
@ޢަލީ މިނިސްޓްރީ އޮތީ މުޅިން ހަލާކުވެފަ. ހުރިހާ ރަނގަޅު މުވައްޒަފުން މިނިސްޓްރީ ދޫކޮށް ދަނީ މިހާރު. މުޅި ތަނުގެ ރޫހު ގެއްލިފަ އޮތީ. ތިބުނާ މީހުން ބަދަލުކޮށްގެން ނޫނީ ތަޢުލީމީ ދާއިރާ ރަނގަޅެއް ނުވާނެ.
4 2

މީމުހާނޫނު

30 މާރިޗު 2024
އިމްތިހާނުތައް އަވަސްނުކުރުމަށް ރައީސް ނިންމެވިއިރު ގިނަ ސްކޫލްތަކުގެ ބައެއް މާއްދާތަކުގެ އިމްތިހާނުތައް މިހާރު ނަގާ ނިންމައިފިކަން އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވަނީތޯ؟
3 0

ހުސައިން

30 މާރިޗު 2024
މުއިއްޒު އެހެން ވިދާލުވި އިރު ގިނަ ސްކޫލު ތަކުގަ 03 ދުވަހު އިމްތިހާނު ބާއްވައިފި. އެހެން ވިމާ އަނެއްކާވެސް އިމްތިހާނު ނިމުނު މާއްދާތަކުން ނިމުނީ ކަމަށް ބަލާފަ އަނެއްކާވެސް ދެން ހުރި މާއްދާ ތަކުން ކިޔަވައިދޭން ފެށީމަ ކޯންޗެއް ތި ހެދެނީ، ތަން ދޮރު ނުދަންނަ ގަމާރުން ތަ މީއަޅެ
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް