ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިނގިރޭސި ރަސްގެފާނު ޗާލްސްއާ ސަލާމް ކުރައްވަނީ

އިނގިރޭސި ރަސްގެފާނު ޗާލްސް ނަޝީދާ ބައްދަލުކުރައްވައިފި

ޗާލްސްގެ އާލާސްކަންފުޅުގެ ފަރުވާ އަށް ކުރިއަށް ސާޖަރީއެއް ތާވަލުކޮށްފައިވާއިރު، ސާޖަރީގެ ކުރިން މަސައްކަތާ ތަންކޮޅެއް ދުރުގައި އުޅުމަށް ޑޮކްޓަރުން ވަނީ ލަފާދީފައި

ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ކުރީގެ ރައީސް އަދި ކްލައިމެޓް ވަލްނަރަބަލް ފަންޑުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައިފި އެވެ.

ވީ ކިހިނެެއް؟ - އިނގިރޭސިވިލާތުގެ ނޫސްތަކުގައ ރިޕޯޓްކޮށްފައިވާގޮތުން ޗާލްސް، ނަޝީދު އާ ބައްދަލު ކުރެއްވީ އިއްޔެ ބަކިންހަމް ޕެލެސްގަ އެވެ.

ތަފްސީލް - އެ ބައްދަލުވުމުގެެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

 ރަސްގެފާނު ޗާލްސްއަށް ކެންސަރު ޖެހިފައިވާކަން ފާހަގަކުރެވުނީ ޕްރޮސްޓްރޭޓް ބޮޑުވެގެން ފަރުވާ ހޯއްދެވި އިރު އެވެ.

ބަކިންގްހަމް ޕެލަސް އިން މީގެ ކުރިން ބުނިގޮތުގައި ރަސްގެފާނު ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އިރު، އާންމުގެ ތެރެއަށް ނުކުމެވަޑައިގަަތުން ހިމެނޭ ޒިންމާތައް އަދާކުރެއްވުން ފަސްކުރެއްވުމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.

ނަމަވެސް ޗާލްސް ގެންދަވަނީ ރަސްމީ މަސައްކަތްތަކުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.

ޗާލްސްގެ އާލާސްކަންފުޅުގެ ފަރުވާއަށް ކުރިއަށް ސާޖަރީއެއް ތާވަލުކޮށްފައިވާއިރު، ސާޖަރީގެ ކުރިން މަސައްކަތާ ތަންކޮޅެއް ދުރުގައި އުޅުއްވުމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ. ނަމަވެސް ޗާލްސް ގެންދަވަނީ ރަސްމީ މަސައްކަތްތަކުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް