ހޯމަ ދުވަހުގެ ރޭ ޕޮލިސް ޗެކް ޕޮއިންޓެއްގައި ހިނގި ހާދިސާ ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް --

ފުލުހުން

ފުލުހުން އަނިޔާކުރި ކަމަށް ބުނާ ކުއްޖާގެ ބައްޕަ ބަންދުކޮށްފި

އޭނާ ހައްޔަރުކުރީ ސީންގެ ފުޓޭޖް ހޯދަން ގޮސް ހުއްޓާ ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމާއި އިންޒާރު ދިން ކަމުގެ ތުހުމަތުގައި ކަމަށް އާއިލާއިން ބުނޭ

ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގައި ފުލުހުންގެ ޗެކް ޕޮއިންޓަކުން ސައިކަލެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ފުލުހުން ޖެހި ކަމަށް ބުނާ ކުޑަކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭ ފޭސް 2ގައި ހިނގި އެ ހާދިސާގައި، ސައިކަލުގައި ތިބި މީހުންގެ ތެރެއިން ފަހަތުގައި އިން 17 އަހަރުގެ އަންހެން ކުއްޖާގެ ގައިގައި ސިގްނަލް ބެޓަންއިން ފުލުހުން ޖެހި ކަމަށް ބުނެ، އެ ސަރަހައްދުގައި އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ.

ސޯޝަލް މީޑިއާގައި އެ ސީންގެ ވީޑިއޯ ފުޓޭޖު އާންމުވީ ފުލުހުން އެކަން ދޮގުކުރަމުން ދަނިކޮށެވެ. ވީޑިއޯ އާންމުވުމާ އެކު އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ އިންޓާނަލް އިންވެސްޓިގޭޝަނެއް ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ.

އެ ހާދިސާގައި އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާ ލިބުނެވެ.

ތަފްސީލު - އާއިލާގެ ފަރާތުން 'ދައުރު'އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކުއްޖާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

އެއީ ސީން ހިނގި ތަނުގައި ހުރި ފިހާރައަކުން ކެމެރާގެ ފުޓޭޖް ހޯދަން ގޮސް ތިއްބާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުޓޭޖް ހޯދަން ދިޔައިމަ ފިހާރައިގައި ތިބި މީހުން ބުނީ [އެ ތަނުގެ] ވެރިން ހުއްދަ ދިނީމަ ދޭނަމޭ. ބުނީމަ އަހަރެމެން ފިހާރައިގެ ބޭރުގައި މަޑުކޮށްގެން ތިބީ،" އޭނާ ބުންޏެވެ.

ފިހާރައިގެ ބޭރުގައި ތިއްބާ އެ ހާދިސާ ހިނގި ރޭ އެތަނުގައި އުޅުނު ފުލުހުންގެ ބަޔަކަށް ފެނިގެން ގޮސް ބޮޑު މައްސަލައަކަށް އެކަން ހެދީ ކަމަށް އާއިލާއިން ބުނެ އެވެ.

ކުއްޖާގެ ބައްޕަ ހައްޔަރުކުރީ، އާއިލާއިން ބުނި ގޮތުގައި، ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމާއި އިންޒާރު ދިން ކަމުގެ ތުހުމަތުގަ އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

ޕޮލިސް މީޑިއާއިން ފޯނަށް ޖަވާާބު ނުދޭތީ މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭގޮތެއް ނުވެ އެވެ.

އެނގުން މުހިންމު - ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހާދިސާ ހިނގީ ފުލުހުން ގާއިމްކޮށްފައި ހުރި ވެހިކަލް ޗެކް ޕޮއިންޓަކާ އަރާ ހަމަވުމުން ސައިކަލުގެ ދުވެލި ބާރުކޮށް، ޗެކްޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުންގެ ގައިން ނައްޓާފައި ކުރިއަށް ދާން އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ކަމަށެވެ. ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަން ހިނގި ގޮތް ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވީ އޭގެ ފަހުންނެވެ.

ކޮމެންޓް (9)

އައިސަން

29 މާރިޗު 2024
ކުޑައިރު ބެލެނިވެރިން ދަރިންނަށް ހެޔޮ ނުބައި ވިސްނަދީ، އުޅެންވީގޮތް ދަސްކޮށްދީ، ބަސްނޭހީމަ އަދަބު ދީގެން ބޮޑުކުރިނަމަ މަގުމަތިން ފުލުހަކު ނުޖެހީސް
21 2

ވެލާ

28 މާރިޗު 2024
ރައްޔިތުންެގެ ލާރިން ފަންޑުކޮށްފަ ހަދާފަ ހުންނަ މުއައްސަސާއަކުން ރައްޔިތަކަށް އަނިޔާއެއް ދިނީމަ އެކަން ތަހުގީގުކުރަން ގޮވާލާ ޕްރެޝަރ ކުރާ މީހާ ހައްޔަރުކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން. މިއީ އިންސާފަށް ވާސިލުވާ ގޮތް ބަންދުކުރުން. ލައިސެންސް ނެތް މީހަކު ސައިކަލު ދުއްވުމާ ޗެކްޕޮއިންޓަކުން ފިލަން މަސައްކަތްކުރުމާ މިއީ އެހެން ކަން ކަން.
4 39

ވާނުވާ

30 މާރިޗު 2024
@ވެލާ ތި ކަހަލަ ކަނޑުކޮސް މީހުންނާ ހެދި ގައުމު ހަލާކު ވަނީ! ކުށްކުރީމަ ދިފާއު ތި ކުރަނީ..ފުލުހުން ހުންނަނީ ކުށްކުރާ ރައްޔިތުން ސަލާމަތް ކުރަންތަ؟
4 0

ކިނބޫ

28 މާރިޗު 2024
ލައިސެންސް ނެތި ދުއްވާފަ ފުލުހުންނަށް ފިލަންވެސް އުޅުނީ. އައްޕަ މަސައްކަތް ކުރީ ނުލަފާ ދަރި އިތުރަށް ޖަނަވާރު ކުރަން. އެވަރު އޯކޭ!
58 3

ޛަސަނާ

29 މާރިޗު 2024
@ކިނބޫ އަނިޔާއެއްކޮށްގެން ނުވާނެ. އެހިސާބުން އެވީގޯސް. އަނިޔާވެރިކަން ﷲ ވަނީ އެކަލާނގެ ޒާތުފުޅަށްވެސް ނަހީކުރައްވާފަ. ކުށްކުށަށް ކަނޑައެޅިފަހުންނަ އަދަބުހުންނާނެ. އިންސާނުން ކުށްނުކުރާނެ އެއްގޮތެއްވެސް ނޯންނާނެ. އެއީ ކުށްކޮށްގެން މިބިމަށް ފޮނުވުނުބައެއް.
5 16

ވާނުވާ އިގިބަލަ.

30 މާރިޗު 2024
@ޛަސަނާ އަނިޔާ ކުރިތަނެއް ނުފެނޭ، ފެންނަނީ ބަޗަން އުޅެނިކޮށް ގުޅަ ވަރަކަށް ލެޑޭތަން. އަސްލު އަމިއްލައަށް އައިސް ފުލުހުން ގެންގުޅޭ އެތީގަ ލެޑެނީވެސް.
2 1

ާއަބū

30 މާރިޗު 2024
@ވާނުވާ އިގިބަލަ. ޖަހަން އަައިސް ހުުރި ތަން ފެނެ
0 0

ގޮރުބެ

30 މާރިޗު 2024
@ވާނުވާ އިގިބަލަ. ބުރޯ ކޮންމެ ތާކުވެސް ހުންނާނެ ވާނުވާ ނޭނގި އަންގަ ތަޅާ މީހުން..އޭގެ މީހެއް އެއީ...އެ ބެޓޮން އެއީ މަޑު ޕްލާސްޓިކް ގަނޑެއް ޖަހާފައެއް ނެތް އަދި މާ ފަހުން ވެެއްޓިފައި އިނީވެސް!
1 0

ޯކީކޭ

30 މާރިޗު 2024
@ވާނުވާ އިގިބަލަ. ވާނުވާ ކަލޭގެ ދެ ލޮލަށް ނުފެންނަނީތަ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް