ރޭގެ ހާދިސާގެ ވީޑިއޯގެ ސްކްރީން ޝޮޓެއް

ފުލުހުން

ފުލުހަކު ޖެހި ކަމަށް ބުނާ ހާދިސާގެ ވީޑިއޯ އާންމުވެ، މައްސަލަ ބަލަން ނިންމައިފި

އެތެރޭގެ ތަހުގީގެއް ހިންގަން ނިންމާފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނި އިރު، މި ހާދިސާއާ ގުޅިގެން ފުލުހުންނަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

ހުޅުމާލޭގައި ރޭ ދުއްވާފައި ދިޔަ ސައިކަލެއް ހުއްޓުވަން ފުލުހުން ކުޑަކުއްޖެއްގެ ގައިގައި ޖެހި ކަމަށް ބުނާ މައްސަލައިގެ ވީޑިއޯއެއް ސޯޝަލް މީޑީއާގައި އާންމުވުމާ އެކު އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންގެ އިދާރާ އިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ރޭ 10 ޖަހާ އެހާކަށްހާއިރު ހުޅުމާލޭ ފޭސް 2ގައި ހިނގި އެ ހާދިސާގައި، ސައިކަލުގައި ތިބި މީހުންގެ ގައިގައި ޖެހި ކަމަށް ބުނެ، އެ ސަރަހައްދުގައި އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. 

ތަފްސީލު - މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވުމާ އެކު، ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ހެނދުނު އެކްސްގައި ޕޯސްޓެއް ލިޔުއްވި އެވެ.

ޝިފފާން ވިދާޅުވީ އެ ހާދިސާ ހިނގީ ފުލުހުން ގާއިމްކޮށްފައި ހުރި ވެހިކަލް ޗެކް ޕޮއިންޓަކާ އަރާ ހަމަވުމުން ސައިކަލުގެ ދުވެލި ބާރުކޮށް، ޗެކްޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުންގެ ގައިން ނައްޓާފައި ކުރިއަށް ދާން އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ކަމަށެވެ. ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިފާން އެހެން ވިދާޅުވި ފަހުން، މިރޭ އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި:

  • ސައިކަލު އައީ އާންމުކޮށް ދުއްވާ ވަރަށް ވުރެ ބާރަށް

  • ޗެކްޕޯސްޓުގައި ހުރި ފުލުސް އޮފިސަރު އެ ސައިކަލު ހުއްޓުވުމަށް މަސައްކަތް ކުރާތަން ފެނޭ

  • ފުލުސް އޮފިސަރު އަތުގައި ވެހިކަލް ހުއްޓުވުމަށްޓަކައި ސިގްނަލް ދޭ އާލާތެއް އޮތް

  • އެ އާލާތުގައި ޖެހިފައި ސައިކަލުގައި ތިބި ދެ މީހުން ވެއްޓޭ މަންޒަރު ފެނޭ

ވީޑިއޯ އާންމުވުމާ އެކު، އަނެއްކާވެސް އާންމުންގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވާން ފެށި އެވެ. ނަމަވެސް ބައެއް މީހުން ފުލުހުންގެ ދިފާއުގައި ވެސް ވާހަކަ ދައްކާފައިވެ އެވެ.

ޝިފާން މިރޭ ވިދާޅުވީ ރޭގެ ހާދިސާއާ ގުޅިގެން ފުލުހުންގެ އެތެރޭގެ ތަހުގީގެއް ހިންގުމަށް އެ އިދާރާ އިން މިހާރު ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް (1)

ރޯނުއެދުރު

27 މާރިޗު 2024
ތި ފުލުހުން މީހުންގެ ވެހިކަލާއި ލައިސަންސް ޗެއްކުރަން ތިބޭ އިރު ފުލުހުންގެ ބައެއް މީހުން އަތުގަ ލައިސަންސް ނޮވޭ އެމީހުން ދުވާ އަމިއްލަ ވެހިކަލް ތަކުގެ އަހަރީފީ އެއް ނުދައްކާ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް