ހުޅުމާލޭ މަގުތަކުގައި ކުރަހާފައި ހުރި ބައިސްކަލް ލޭނުތައް ފޮހެން ވަނީ ފަށާފައި

ހުޅުމާލެ

ހުޅުމާލޭގައި ކުރެހި ބައިސްކަލް ލޭނުތައް ފޮހެން ފަށައިފި

ބައިސްކަލް ދުއްވަން ހާއްސަ ލޭނެއް ހުޅުމާލޭ މަގުތަކުގައި ކަނޑައެޅީ އިންޖީނު ލީ ދުއްވާ އެއްޗެހި މަދުކުރުމާއި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރަކަށް ޖާގަ ދޭން

ހުޅުމާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ބައިސްކަލް ދުއްވަން ހާއްސަކޮށްގެން ކުރެހި ލޭންތައް އެޗުޑީސީން ފޮހެން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ނޫ ކުލައިން ކުރަހާފައި ހުރި ބައިސްކަލް ލޭންތަކުގެ މަތިން ކަޅު ކުލައެއް ޖައްސާ، ބައިސްކަލަށް ހާއްސަކުރި ހުރިހާ ލޭނެއް މިހާރު ގެންދަނީ ފޮހެމުންނެވެ.

ތަފްސީލް - ބައިސްކަލް ދުއްވަން ހާއްސަ ލޭނެއް ހުޅުމާލޭ މަގުތަކުގައި ކަނޑައެޅީ ހުޅުމާލޭގެ އާބާދީ އިތުރުވާން ފަށާފައިވާއިރު އެ އަވަށުގެ މަގުތައް ދުނިޔޭގެ ފެންވަރަށް ގެނެސް ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމަށެވެ.

އޭގެ އިތުރުން ތިމާވެއްޓާ ރަހުމަތްތެރި ދަތުރުފަތުރަކަށް އާންމުން ހޭލުންތެރިކުރުވުން ވެސް ހިމެނެ އެވެ. ނަމަވެސް މިހާތަނަށް އާންމުކޮށް ދިވެހިން ބައިސިކަލް ބޭނުންކުރާ ތަނެއް ނުފެނެ އެވެ. 

ހުޅުމާލޭގެ މަގުތަކުގައި ބައިސްކަލް ލޭނު ކުރަހާ މަގުތަކަށް ބަދަލު ގެންނަން ކުރީގެ މެނޭޖްމަންޓުން ނިންމި ނިންމުން ދައްކައިދޭ ކުރެހުމެއް (ފޮޓޯ/އެޗްޑީސީ)

ބައިސްކަލް ލޭނުތައް ފޮހެލަން ފަށާފައިވަނީ މާލެ ސަރަހައްދުގައި ޕާކު ކުރުމުގެ މައްސަލަ ބޮޑުވެ، ބައިސްކަލް ލޭނުތަކުގައި ކާރާއި ޕިކަޕުތައް ޕާކުކުރުން އިތުރުވެ މަގުހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ދަތިވާން ފަށާފައި ވަނިކޮށެވެ.

ބައިސްކަލް ލޭންތައް ފޮހެލާ ސަބަބު ހޯދަން އެޗްޑީސީއަށް ގުޅި ނަމަވެސް، އެ ކުންފުނީގެ ޖަވާބެއް ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް