ޖަޕާނުން ރާއްޖެ އަށް އެހީފޯރުކޮށްދިނުމުގެ 4 އެއްބަސްވުމެއްގައި ސޮއިކުރުން (ފޮޓޯ/ފޮރިން މިނިސްޓްރީ)

ރާއްޖެ-ޖަޕާން

ޖަޕާނުން ރާއްޖެއަށް އެހީފޯރުކޮށްދިނުމަށް 4 އެއްބަސްވުމެއްގައި ސޮއިކޮށްފި

ފޮރިން މިނިސްޓަރު ޒަމީރު ވަނީ ރާއްޖޭގެ ތަރައްގީއަށް ހާއްސަކޮށް އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީ އަށް ޖަޕާނުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި

ޖަޕާނުން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 4 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ފޮރިން މިނިސްޓްރީ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ:

  • ދިވެހި ސަރުކާރުގެ ފަރާތުން؛ ފޮރިން މިނިސްޓަރު މޫސާ ޒަމީރު

  • ޖަޕާނު ސަރުކާރުގެ ފަރާތުން؛ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީ

ތަފްސީލް - ފޮރިން މިނިސްޓްރީ އިން ބުނީ ރާއްޖެ އާއި ޖަޕާނުން މިއަދު ސޮއިކުރި އެއްބަސްވުންތަކާ އެކު ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތައް: 

  • ކަސްޓަމްސް ޕެޓްރޯލް ކްރާފްޓެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް

  • މެރިޓަމް ސޭފްޓީ އަދި ސެކިޔުރިޓީ ގާއިމް ކުރުމުގެ މަސައްކަތަށް 260 މިލިއަން ޖަޕަނީޒް ޔެން (ގާތްގަނޑަނަށް 1.72 މިލިއަން ޑޮލަރު) ފޯރުކޮށްދިނުމުގެ އެއްބަސްވުުން

  • ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ އެފަދަ ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލްކަށް އިތުރު ކުރުމަށް 600 މިލިއަން ޖަޕަނީޒް ޔެން (3.97 މިލިއަން ޑޮލަރު) ގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުން

  • ކަސްޓަމްސް ޕެޓްރޯލް ވެސެލްތަކަށް ބޭނުންވާނެ އިކުއިޕްމެންޓު ފޯރުކޮށްދިނުމަށް 56 މިލިއަން ޖަޕަނީޒް ޔެން (370,076 ޑޮލަރު) ގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުން

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޒަމީރު ވަނީ ރާއްޖޭގެ ތަރައްގީއަށް ހާއްސަކޮށް އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ އަށް ޖަޕާނުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖޭގެ ތަރައްގީގައި ޖަޕާނުގެ ހިއްސާ ބޮޑުކަން ފާހަގަ ކުރައްވާ މިނިސްޓަރު ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގާތް އެކުވެރިކަމުގެ ގުޅުން ވެސް ފާހަގަ ކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް