ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރަމުންދާ އެފްކޮންސްގެ މަސައްކަތު ސައިޓު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ވިލިމާލެ ބްރިޖު

ތިލަމާލެ ބްރިޖުގެ %35 ނިމިއްޖެ؛ ތާވަލަށް ވުރެ %1 އަވަސްް

މިނިސްޓަރު ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަކީ މިވަގުތު އެންމެ އިސްކަންދޭ ކަންތައް ކަމަށް؛ ވަކި ވަރަކަށް މަސައްކަތް ނިމުމުން ޝެޑިއުލަށް ވުރެ މަސައްކަތް އަވަސް ކުރަން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި

މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމަށް އަޅާ ބްރިޖުގެ %35 މަސައްކަތް ނިމިފައިވާ ކަމަށާއި މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު މަސައްކަތް ކުރިއަށް ދަނީ ތާވަލަށް ވުުރެ %1.11 އަވަހަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މަސައްކަތް ސެޕްޓެމްބަރު 2026ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

ތަފްސީލް - އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ދައްކައިދޭ ޕްރެޒެންޓޭޝަނެއް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދައްކައިފަ އެވެ. އެ ޕްރެޒެންޓޭޝަނުގައި ހިމަނާފައިވާ މައުލޫމާތުތަކަށް ބަލާއިރު:

  • ބްރިޖުގެ %35.53 މަސައްކަތް ވަނީ ނިމިފައި

  • ތަނބުތަކުގެ ޕައިލިން މަސައްކަތުގެ %58 މަސައްކަތް ވަނީ ނިމިފައި

  • ޕައިލް ކެޕިންގެ %43 މަސައްކަތް ވަނީ ނިމިފައި

  • ޕިއާ ކޮލަމްގެ %40 މަސައްކަތް ނިމިފައި

  • ސުޕަ ސްޓްރަކްޗާގެ ޕްރީ ކާސްޓިން މަސައްކަތުގެ %24 ނިމިފައި

މިނިސްޓަރު ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަކީ މިވަގުތު އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

"ހަމަ އެއާ އެކު، ކޮންޓްރެކްޓަރަށް ކޮމްޕޮޓަބަލްވާ ވަރަށް މަސައްކަތް ކުރިއަށް ގެންދެވުނީމާ ދެން އަޅުގަނޑުމެން މަޝްވަރާ ކުރަން ފަށާނަން ދެން ކިހާ އަވަހަކަށް ތޯ ނިންމާލެވޭނީ،" މުއްތޮލިބު ވިދާޅުވި އެވެ.

ޝެޑިއުލަށް ބަލާއިރު މާލެ އިން ފެށިގެން ގުޅިފަޅާ ހަމައަށް ބްރިޖު ގުޅާލުމުގެ މަސައްކަތް މާޗު 2026ގެ ނިޔަލަށް ނިންމާނެ އެވެ.

އެނގުން މުހިއްމު - ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ހިންގާ މަޝްރޫއެކެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

  • ކުރީ ސަރުކާރުގައި އެ މަސައްކަތް ކުރިއަށް ދިޔައީ ތާވަލަށް ވުުރެ ލަސްކޮށް

ތިލަމާލެ ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ

  • މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް