އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާ މިއަދު މަޖިލީހުގައި ސުވާލުކުރުމުގެ ތެރެއިން

އެޑިއުކޭޝަންގެ ކޮންޓްރެކްޓަރުންނަށް 128 މިލިއަން ނުދައްކާ އޮތް: މިނިސްޓަރު

އޭގެ ތެރެއިން މިހާރު 90 މިލިއަނެއްހާ ރުފިޔާ ކޮންޓްރެކްޓަރުންނަށް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި

ސަރުކާރު ބަދަލުވިއިރު، ސްކޫލްތަކުގެ ޕްރޮޖެކްޓްތަކުގެ ކޮންޓްރެކްޓަރުންގެ ބިލްތަކަށް 128 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށާއި އެހެންވެ އޭރު ފަށާފައިވާ ވަރަށް ގިނަ މަޝްރޫއުތައް އޮތީ ހުއްޓިފައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު ޝަފީއު މިގޮތަށް ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) އޭނާގެ ދާއިރާގެ ރަށްތަކުގެ ސްކޫލުތަކުގައި ފެށި މަޝްރޫއުތަކާ ގުޅޭ ގޮތުން ކުރެއްވި ސުވާލުގެ ޖަވާބުގަ އެވެ.

ތަފްސީލު- އެ ސުވާލަށް ޖުމްލަ ޖަވާބެއް ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު އެ މިނިސްޓްރީގެ ޒިންމާގެ ތެރޭގައި ހިމެނޭ 107 ވަރަކަށް މަޝްރުއޫ ހިނގަމުން ދިޔަ ކަމަށެވެ. ނަމަވެސް އެ މަޝްރޫއޫތައް ހުއްޓުނީ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާތައް ނުދީ އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ، ގާތްގަނޑަކަށް 128 މިލިއަން ރުފިޔާ. އެހެންވެ، އަޅުގަނޑުމެން އެންމެ އިސްކަމެއް ދިނީ ހުއްޓިފައި ހުރި މަޝްރޫއުތައް ވީހާވެސް އަވަހަކަށް ފެއްޓުމަށް. އެގޮތުން އެ ބިލުތަކަށް އެ 128 މިލިއަން ރުފިޔާގެ ތެރެއިން 90އެއްހާ މިލިއަން ޕޭ،" ޝަފީއު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާ މިއަދު މަޖިލީހުގައި ސުވާލުކުރުމުގެ ތެރެއިން

އެރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލު އެޅުމާއި ކްލާސްރޫމް އެޅުމުގެ މަޝްރޫއޫ ބަޖެޓުގައި އޮތް ނަމަވެސް އެ މަޝްރޫއުތައް ނުފެށޭތީ އެކަންބޮޑުވުން ފާޅުކޮށް، ގިނަ މެންބަރުން މިއަދު މިނިސްޓަރާ ސުވާލު ކުރި އެވެ. އެކަންބޮޑުވުންތަކަށް މިނިސްޓަރު ވިދާޅުވީ، މަޖިލީހުން ބަޖެޓްގައި ގިނަ މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ އެ މަޝްރޫއުއެއް އެވޯޑްކުރެވޭ ވަރަށްވުރެސް ކުޑަ އަދަދެއް ކަމަށެވެ.

"މިސާލަކަށް 12 ވަރަކަށް މިލިއަން ރުފިޔާގެ ޕްރޮޖެކްޓްކައަށް ބަޖެޓްގައި އެލޮކޭޝަން ހަދާފައި އެބަހުރޭ 1 ލައްކަ ރުފިޔާ، 2 ލައްކަ [ނުވަތަ] 3 ލައްކަ ރުފިޔާ،"މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ، އެ މަޝްރޫއުތައް އެވޯޑްކުރުމަށް ދަތިތަކެއް ކުރިމަތިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއާއެކު އޭނާ އެދިވަޑައިގެންނެވީ މަޖިލީހުން ބަޖެޓް އެކުލަވާލާއިރު ދެވަނަ ވިސްނުމަކަށް ދިޔުމަަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް