ތަރާވީސް ނަމާދު ކުރުމަށް އަންހެނަކު ކުޑަކުއްޖެއް ގޮވައިގެން އިސްލާމީ މަރުކަޒަށް އަރަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މިސްކިތްތައް

ދެ މިސްކިތެއްގެ އަންހެނުން ނަމާދު ކުރާ ބައިގެ ތަކެއްޗަށް ގެއްލުން ދީފި

ގެއްލުންދީފައިވާ ތަންތަން މަރާމާތުގެ ކުރުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށް ސިޓީ ކައުންސިލުން ބުނޭ

މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ނަމާދު ކުރާ ބައިގެ ތަކެއްޗަށް ގެއްލުންދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ތަފްސީލް - މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު އާމިނަތު ޝަތުފާ އެ އިދާރާގެ މީޑިއާ ގްރޫޕުުގައި ދެއްވި މައުލޫމާތުން އެނގޭ ގޮތުގައި މިހާތަނަށް ދެ މިސްކިތެއްގެ ތަކެއްޗަށް ވަނީ ގެއްލުންދީފަ އެވެ. އެގޮތުން:

  • ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާގެ ތައްޓަށް ގެއްލުން ދީފައިވޭ

  • ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުލޫކުރާ ބައިގެ ފެން އިސްކުރުތައް ހަލާކޮށް، ފާހާނާ ތައްޓަށް ގެއްލުން ދީފައިވޭ

ޝަތުފާ ވިދާޅުވި ގޮތުގައި އެ ތަންތަން މަރާމާތުގެ ކުރުމުގެ މަސައްކަތް މިރޭ ފަށާނެ އެވެ. 

މިކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ "މިފަދަ ނާތަހުޒީބު އަމަލުތައް" ހުއްޓުވުމަށް އެންމެންގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

"މިފަދަ އަމަލުތައް ނުކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާށީ. އާމީން،" އާޒިމް ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.

ފާހަގަކޮށްލެވޭ - ރޯދަ މަހު އަންހެނުން މިސްކިތްތަކުގައި ނަމާދު ކުރުން ވަރަށް ބޮޑަށް އިތުރެވެ. ހާއްސަކޮށް ތަރާވީސް ނަމާދުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް