އަލީވަހީދު (ކ) ގާސިމް އަރިހުގައި (ފޮޓޯ: ވީނިއުސް)

ކުދިންތަކެއް ރޭޕް ކުރަން އަލީ ވަހީދު އުޅެދާނެކަމަށް ގަބޫލެއް ނުކުރަން: ގާސިމް

ގާސިމް ވިދާޅުވީ އަލީވަހީދު ފްރޭމް ކުރަން އުޅޭކަމަށް ހީވާ ކަމަށާއި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތު ވާނެ ކަމަށް ހީނުވާ ކަމަށް
13 ސެޕްޓެމްބަރު 2021
5

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފްރޭމް ކުރުމަށް ބަޔަކު މަސައްކަތް ކުރަނީކަމަށް ހިތަށް އަރާ ކަމަށާއި، އަންހެން ކުދިންތަކެއް ރޭޕް ކުރަން އަލީ ވަހީދު އުޅެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ފެށުނު ގޮތް - ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ހަތް ދައުވާ އެއް އުފުލައިފަ އެވެ. ދައުވާތަކާ ގުޅިގެން އޭނާ ފުރުން މަނާކޮށްފައިވަނިކޮށް، ބޭސްފަރުވާ އަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ އަލީ އަށް ކޯޓުން ދިނުމުން އޭނާ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

  • އަލީ ވަހީދު ވަޑައިގަތީ އިނގިރޭސި ވިލާތަށް. އޯވަ ސްޓޭވެގެން އަލީ ވަހީދު އެ ގައުމުން ހައްޔަރުކުރި

ބުނީ ކީކޭ؟ - އަލީ ވަހީދުގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް ސީރިއަސް ދައުވާތަކެއް އުފުލާފައިވާއިރު އޭނާ އަދިވެސް ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ ކީއްވެތޯ މިއަދު ގާސިމް ބޭއްވެވި ޕްރެސް ކޮންފަރެންސުގައި ނޫސްވެރިއަކު ސުވާލުކުރުމުން ގާސިމް ވަނީ އަލީ ވަހީދުގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.

ގާސިމް ވިދާޅުވީ އެ މައްސަލައިގައި މިހާރު ކަންތައްތައްވާ ގޮތުން އަލީ ވަހީދު ފުރޭމް ކުރަން އުޅެނީ ކަމަށް ބައެއް ފަހަރު ހީވާ ކަމަށެވެ. އަދި ޝަރީއަތް ނިމިގެން ދާއިރު އަލީ ވަހީދު ސަލާމަތް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. 

އެ ވަރަށް އަންހެން ކުދިންތަކެއް ރޭޕްކުރަން އަލީ ވަހީދު އުޅެދާނެ ކަމަށް ގަބޫލެއް ނުކުރަން

ގާސިމް އިބްރާހިމް، ޖުމްހޫރީ ޕާޓީގެ ލީޑަރު

"ބައެއް ފަހަރު އެހެންވެސް [ފުރޭމް ކުރީއޭ] ހިތަށް އަރާ. އެހެން ނޫންނަމަ ކީއްވެގެންހޭ، ނުވާންވީ ކަންތައްތަކެއް ވެގެން މިދަނީ؟ އިހަށް ދުވަހު ސުޕްރީމު ކޯޓުގައި ވެގެން މިދަނީ ޕާސްޕޯޓުގެ މައްޗަށް ދައުވާ ކުރި އިރު، ވަރަށް ރެސްޕޮންސިބިލިޓީ އެއް ނެތް ގޮތަކަށް މި ދަނީ،" ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި އަލީ ވަހީދުގެ މައްސަލަ ނިމިގެންދާއިރު، އަލީ ވަހީދުގެ ބޮލުގައި އެއްވެސް ކަހަލަ ޒިންމާއެއް އެޅުވޭނެ ކަމަކަށް އަޅުގަނޑު ނުދެކެން،"

ގާސިމް އަދި ވިދާޅުވީ، "އެ ވަރަށް އަންހެން ކުދިންތަކެއް ރޭޕްކުރަން އަލީ ވަހީދު އުޅެދާނެ ކަމަށް ގަބޫލެއް ނުކުރަން" ކަމަށެވެ.

އަލީ ވަހީދު ޕާޓީގެ ރައީސްގެ މަގާމުން ދުރުކުރުމަކީ ހަމައެކަނި ގާސިމްގެ އަމިއްލަ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަލީ ވަހީދު އެ މަގާމުން ދުރުކުރުމަށް ޕާޓީގެ ކައުންސިލަށްވެސް މައްސަލަ ހުށަހެޅި އެވެ. އެކަމަކު އެ މައްސަލަ ހިނގާ ގޮތެއް ނުވި އެވެ.

ގުޅޭ މައްސަލައެއް - ގާސިމް މީގެ ކުރިން ވެސް ވަނީ ގެވެށި އަނިޔާގެ ތުހުމަތު ކުރެވުނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އެ މައްސަލައިގައި ގާސިމް "އަންހެނުން ދޮގު ހަދާފާނެ" ކަމަށް ވިދާޅުވެ އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާއަށް ރައްދުވާ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ.

ކޮމެންޓް (5)

ސީދުބެ

13 ސެޕްޓެމްބަރު 2021
ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް ފްރޭމް
0 0

އީނާޝް

13 ސެޕްޓެމްބަރު 2021
އިންޝާ ﷲ މަޑުމަޑު މިއީ ބޮޑު ފްރޭމްއެއްކަން އިސާހިތަކު ހާމަވެގެންދާނެ.
0 0

ފްރޭމް

13 ސެޕްޓެމްބަރު 2021
ކޮބާ ހީވޭކަމެއްހެން، ރައީސް ސޯލިހު އަލީގެ ދިފާއުގައި 17 ނޮވެންބަރު 2020 ގައި ޓީވީ ޕްރޮގްރާމުގައި ވާހަކަ ދެއްކެވި، ރައީސް ނަޝީދު ވިދާޅުވި ތިމަން ބަޔާންތައް ކިޔައިފީމޭ ހަމަ އަޖައިބު ވެއްޖެއޭ އުފުލި ދައުވާތަކުން. މިއަދު ގާސިމް މިބުނީ ހީވެއޭ ފްރޭމްކުރުމެއްހެން.
1 0

ލަރޭބެ

13 ސެޕްޓެމްބަރު 2021
@ފްރޭމް މައްސަލަ އުފެދުނީ ސިޔާސީ ބަޔަކު މާގިރިއަށް ވަނުން ހުއްޓުވަން އަލީ ވަހީދު އެންގުމުން ކަމަށްވޭ
1 0

ފްރޭމް

13 ސެޕްޓެމްބަރު 2021
@ލަރޭބެ ތިޔަވާނީ ތެދެއްކަމަށް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް