އެމްެއެންޑީއެފްގެ އެއާ ކޯ އިފްތިތާހު ކުރުމަށް މިރޭ ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތު ރައީސް މުހައްމަދު މުއިއްޒު ޝަރަފްވެރި ކޮށްދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)

އެމްއެންޑީއެފް

ދިވެހި ސިފައިންގެ އެއާ ކޯ އިފްތިތާހުކޮށް ޑްރޯން ބޭނުންކުރަން ފަށައިފި

މި ޑްރޯންތަކާ އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެމްއެންޑީއެފުން ބުނި

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރިއްޔާގެ އެއާ ކޯ އިފްތިތާހު ކޮށް، ރާއްޖެއަށް އަލަށް ގެނެސްފައިވާ ޑްރޯންތައް ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފްގެ އެއާ ކޯ އިފްތިތާހު ކޮށްދެއްވައި، ޑްރޯންތަކުގެ އޮޕަރޭޝަންތައް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒު އެވެ.

އެމްެއެންޑީއެފްގެ އެއާ ކޯ އިފްތިތާހު ކުރުމަށް މިރޭ ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތު ރައީސް މުހައްމަދު މުއިއްޒު ޝަރަފްވެރި ކޮށްދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - އަސްކަރިއްޔާއަށް އަލަށް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން ތައާރަފު ކުރުމާއެކު، މިރޭގެ ހަފްލާގައި ވަނީ މީގެ ތިން ޑްރޯން ދައްކާލައި، އެ ޑްރޯންތައް އެ ސަރަހައްދުގައި ދުއްވާ މަންޒަރު ވެސް ދައްކާލާފަ އެވެ. އަދި ޑްރޯންތައް އުދުއްސާއިރު ވަގުތުން ފެންނަ މަންޒަރުތައް ވެސް ރަސްމިއްޔާތުގެ ބައިވެރިންނަށް ދައްކާލާފައިވެ އެވެ.

ޑްރޯންތައް ދުއްވުމުގެ ހުރިހާ ކަމަކާ ހަވާލުވެ، ވައިގެ މަގުން ރާއްޖޭގެ ސަރަހައްދު ބަލަހައްޓާ، ކޯސްޓް ގާޑާ ގުޅިގެން ސަލާމަތީ، އިމަޖެންސީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތައް ހިންގުމުގެ ހުރިހާ ކަމެއް ކުރިއަށްގެންދާނީ އެމްއެންޑީއެފްގެ އެއާ ކޯ އިންނެވެ.

އެމްެއެންޑީއެފްގެ އެއާ ކޯ އިފްތިތާހު ކުރުމަށް މިރޭ ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތު ރައީސް މުހައްމަދު މުއިއްޒު ޝަރަފްވެރި ކޮށްދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިއްމު - މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި އެއްބަސްވުންތަކެއްގެ ދަށުން ރާއްޖެއަށް ހޯދާފައިވާ ޑްރޯންތަކެކެވެ.

އެކަމާ ބެހޭ ތަފްސީލީ މައުލޫމާތެއް މިހާތަނަށް ދިވެހި ސިފައިން ނުވަތަ ސަރުކާރުން ހާމަކޮށްފައި ނުވި ނަމަވެސް، ތުރުކީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއަށް ގެނައީ 'ބައިރަކުތާރު ޓީބީ2' މަރުކާގެ ޑްރޯންތަކެކެވެ. އެގޮތުން:

  • ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ހޯދާފައިވަނީ ކޮމާންޑް ކޮންޓްރޯލް ސްޓޭޝަން އަދި ހަ ޑްރޯން ހިމެނޭ ސިސްޓަމެއް ކަމަށް ތުރުކީގެ ހަބަރުތައް ބުނޭ

  • ދުނިޔޭގައި އެންމެ ގިނައިން އެކްސްޕޯޓް ކުރާ އަންމޭންޑް ޔޫއޭވީގެ ތެރޭގައި މި ޑްރޯންތައް ހިމެނޭ؛ އީޔޫ އަދި ނޭޓޯގެ ގައުމުތަކުން ވެސް މި ޑްރޯންތައް ބޭނުންކުރޭ

ރާއްޖޭގެ އެއާ ކޯއަށް އަލަށް ތައާރަފުކުރެވުނު ޔޫއޭވީ. މީގެ ތިން ޑްރޯން މިހާރު ދުއްވާ އިރު ކުރިއަށް އޮތްތަނުގައިި އިތުރު ޑްރޯން ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި. (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެއަށް ގެނެސްފައިވާ ޑްރޯންތައް ވައިގެ ތެރޭގައި އުދުއްސާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީގެ ދެ ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. މި ޑްރޯންތައް ބޭނުން ކުރަން ފެށުމާ އެކު ރާއްޖޭގެ ކަނޑުގެ ސަރަހަައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް