މަޝްހޫރު ފަންނާނު، ހޮޅުދޫ އަބްދުﷲ (ފޮޓޯ/ ޕީއެސްއެމް)
ހޮޅުދޫ އަބްދުﷲ އަވަހާރަވެއްޖެ
މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފަންނާނު އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) މިއަދު އަވަހާރަވެއްޖެ އެވެ. އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ.
ވީ ކިހިނެއް؟ - ހޮޅުދޫ އަބްދުﷲ އަކީ ލަވަކިޔުމުގެ ދާއިރާގައި ރާއްޖޭގައި ފުންނާބު އުސް ފަންނާނެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ "ގައުމީ ގުރާ"ގެ ނަމުންނެވެ. ދިވެހި ލަވަކިޔުމުގެ ދާއިރާއިން 1981 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ހާސިލުކުރެއްވި އެވެ.
ތަފްސީލް - ހޮޅުދޫ އަބްދުﷲ އެންމެ ބޮޑަށް ފާހަގަވަނީ ގައުމީ ލަވަ ވިދާޅުވާ ފަންނާނެއްގެ ގޮތުގަ އެވެ. ނަމަވެސް މަދަހާއި. މައުލޫދާއި ޅެމާއި އަދި ލޯބީގެ ލަވަތައް ވެސް ވިދާޅުވެފައިވެ އެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި ހިމެނެނީ:
-
އޯ ވަޒަން
-
ވަތަން އެދޭގޮތަށް
-
ޖޯޝޭ ގެނައި މީ ގައުމީ އުފާ
-
ވަޑައިގަންނަވާށޭ، ކިލާހަށް އަސާސީ
-
ނަފުސު ހޭލައްވާލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް
-
އަސްރުދިޔައީ ގެއްލިގެން
-
ރީތި ހަނދެކޭ ނުބުނެވޭނެހޭ
ހޮޅުދޫ އަބްދުﷲ އަކީ އޭނާގެ ލަވަތަކާއި ހުނަރުން، އެތައް ބައެއްގެ ލޯބި ހޯއްދަވާފައިވާ ފަންނާނެކެވެ.