ގްރޭޑް 7 އިން 9ގެ ދަރިވަރުންގެ އިމްތިހާން އޮންނަ ދުވަސްތަކަށް ވަނީ ބަދަލު ގެނެސްފައި (ދައުރު ފައިލް ފޮޓޯ)

ޓާމް ޓެސްޓު ބާއްވާ ދުވަސްތަކަށް މާ ބޮޑު ބަދަލެއް ނާންނާނެ: މިނިސްޓްރީ

އެ މިނިސްޓްރީން ބުނީ ޓެސްޓް ދޭން އިތުރު ދުވަސްތަކެއް ހަމަޖެއްސީ އޭޕްރީލް 21 އާއި 22 ބަންދު ކުރަން ނިންމާފައިވާތީ އެ ދެ ދުވަހުގެ ބަދަލުގައި ކަމަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަ ދުވަހަށް ގެނައި ބަދަލުގެ ސަބަބުން ސްކޫލު ކުދިންގެ ޓެސްޓު ބާއްވާ ދުވަސްތަކަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ މި މަހުގެ 17ގައި މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި ބަދަލާ އެކު ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް ކަނޑައެޅުމުން މިހާރު މަޖިލިސް އިންތިހާބު އޮންނާނީ 21 އެޕްރީލްގަ އެވެ.

ތަފްސީލް - އިންތިހާބު ބާއްވާ ތާރީހު، އެކެޑެމިކް ކަލަންޑަރުގައި ސްކޫލު ކުދިންގެ އިމްތިހާނު ބާއްވަން ނިންމާފައިވާ ތާރީހާ ދިމާވާތީ، އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އިމްތިހާނުގެ ދުވަސްތަކަށް ބަދަލު ގެނެސްފަ އެވެ.

އެގޮތުން މިނިސްޓްރީ އިން ސްކޫލުތަކަށް ފޮނުވި ސާކިޔުލާއެއްގައި ބުނެފައިވަނީ؛

  • މީގެ ކުރިން ދިރާސީ ކަލަންޑަރުގައި ވަނީ ގްރޭޑު 7 އިން 9ގެ ދަރިވަރުންގެ އިމްތިހާނު 16 އޭޕްރީލް އިން 27 އަށް ކަމަށް

  • ނަމަވެސް މަޖިލިސް އިންތިހާބު 21 އޭޕްރީލްގައި ބާއްވަން ނިންމުމުން މި މަހުގެ 27 އާއި އަންނަ މަހުގެ 25އާ ދެމެދު ރަސްމީ ދުވަސްތަކުގައި އިމްތިހާނުތައް ބާއްވަން އެދޭ ކަމަށް

އެއާ އެކު އިމްތިހާނު ފެށޭ ދުވަސް އަވަސްވާކަމަށް ބުނެ ބައެއް ބެލެނިވެރިން ވަނީ ކުދިންގެ ކިޔެވުމަށް އޭގެ އަސަރުކުރާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ބަދަލާ ގުޅޭ ގޮތުން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިސަރު އާއިޝަތު ނަޖާ ހާލިދު ވިދާޅުވީ އިންތިހާބު ބާއްވާ ދުވަސް ފަސްކުރުރުމުން މިހާރު އިންތިހާބު ބާއްވާ ދުވަސްކަމަށްވާ 21 އޭޕްރީލް ދިިމާވަނީ ޓާމް ޓެސްޓު އޮންނަ ދުވަހަކަށް ކަމަށެވެ.

"21ގެ އިތުރަށް 22 ވަނަ ދުވަސް ވެސް ބަންދުވާނެ ކަމަށް ނިންމާފައި ވަނީ. އެހެންކަމުން މި ދެ ދުވަހުގެ ބަދަލުގައި ޓެސްޓު ދިނުމަށް އިތުރު ދުވަސްތަކެއް ހަމަޖެއްސީ،" ނަޖާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ އެކަޑެމިކް ކަލަންޑަރަށް ގެނައި ބޮޑު ބަދަލެއް ނޫނެވެ.

ށާލަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް