ޔަޒީދު އޭރު މީރާގެ ވެރިޔަކަށް ހުންނެވިއިރު، ހުޅުމާލޭގައި އެޕްރީމް 2018ގައި ގާއިމް ކުރި މީރާގެ ބްރާންޗު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ: އަލުން އެމަގާމަށް އޭނާ އައްޔަން ކުރުމަށް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައި (ފައިލް ފޮޓޯ/ މީރާ)

މީރާ

ޔަޒީދު، ޓެކްސް ކޮމިޝަނަރަކަށް އައްޔަންކުރަން ފޮނުވައިފި

ޔަޒީދުގެ މަގާމު ކުރިން ގެއްލުނީ އޭރު މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތް އެމްޑީޕީން ގާނޫނަށް ގެނައި އިސްލާހަކުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަންގެ މަގާމު ފުރުއްވި ޔަޒީދު މުހައްމަދު، އަލުން އެމަގާމަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ ޓެކްސް އިދާރާ، މިރާގެ އެންމެ އިސް ވެރިޔާގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި، ފަތުހުﷲ ޖަމީލު މިދިޔަ މަހު ކުރީކޮޅު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެއާ އެކު އެ މަގަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލީ، މިދިޔަ މަހު 9 އެއްގަ އެވެ. އަދި އެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ.

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި އެކަމާ ގުޅިގެން ރައީސް މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވައިފަ އެވެ.

ތަފްސީލު - ރައީސްގެ ސިޓީގައިވާ ގޮތުން އެ މަގާމަށް ޝަރުތުހަމަވާ ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ރުހުން ހޯދުމަށް ވަނީ ފޮނުވައިފަ އެވެ. ވައިޖެހޭގެ/ގ. ވިލިނގިލީ، ޔަޒީދުގެ އިތުރުން ދެން ހިމެނެނީ ވެސް ޔާމީންގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމު ފުރުއްވި ހަސަން ޒަރީރެވެ.

އެ ދެބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރުމަށް ރައީސް އިސްކަންދެއްވި ތަރުތީބުގެ އެއް ވަނައަށް އޮތީ ޔަޒީދުގެ ނަމެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޔަޒީދާ އާއި ހަސަން ޒަރީރުގެ ކުރިން މީރާގައި އަދާ ކުރަމުންދިޔަ މަގާމު ގެއްލުނީ، މިހާރު މި އޮތް 19 ވަނަ މަޖިލީހުން ސެޕްޓެމްބަރު 2019ގައި ޓެކްސް ނެގުމާ ގުޅޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. 

ޔަޒީދުގެ މަގާމު ގެއްލުމަށް ފަހު، 2019ގައި އެ މަގާމަށް އައްޔަންކުރި ފަތުހުﷲ ކޮމިޝަނަރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ތިމަރަފުށީ ދާއިރާއަށް ވާދަ ކުރުމަށެވެ. އެ ދާއިރާއަށް އޭނާ ވާދަ ކުރަނީ، އެމްޑީޕީގެ ޓިކެޓްގަ އެވެ.

ކޮމެންޓް (1)

އަމީނުގެ މަލާފަތް

14 މާރިޗު 2024
ހެޔޮނުވާނެ މިވަރުގެ މީހުން މިނިވަން މުއައްސަސާތަކަށް ލާން. އަދީބުއާ ޔަޒީދުގެ ޗެޓު ލޮގު ކިޔާލާފައި މަވެސް ހަމަ ކޮސް ވެއްޖެ، މިނިވަން މުއައްސަސާއެއް ހިންގާލާފައި ހުރި ލެވެލް އިން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް