އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

އޮޑިޓް އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ދެ އަހަރުގެ ތެރޭ ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާ އިމާރާތަށް 38 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 38 މިލިއަން ރުފިޔާ ހޭދަކޮށްގެން ހަދާ އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އިމާރާތުގެ ބިންގާ އިއްޔެ އަޅައިފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެތަނުގެ ބިންގާ އަޅުއްވައިދެއްވީ ނައިބު ރައީސް ހުސެން މުހައްމަދު ލަތީފުގެ އިތުރުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާއި އޮޑިޓާ ޖެނެރަލް ހުސެން ނިޔާޒީ އަދި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

ތަފްސީލް - ދެ އަހަރުގެ ތެރޭ ނިންމާ ގޮތަށް އެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

ހަ ފަންގިފިލާއަށް އަޅާ އިމާރާތުގައި މުވައްޒަފުން މަސައްކަތްކުރަން އެކަށީގެންވާ މާހައުލެއް ހޯދައިދޭން ބޭނުންވާ ޖާގަ ހިމެނޭނެ އެވެ. އަދި ޑޭކެއާ ސެންޓަރެއް ވެސް ހުންނާނެ އެވެ.

މީގެ އިތުރުން އެ ތަނުގައި ލައިބްރަރީއަކާއި ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއް ވެސް ހިމެނެ އެވެ.

ފާހަގަކުރެވޭ - މި އާ އިމާރާތް ހަދަން ބޭނުންވާ 38 މިލިއަން ރުފިޔާ މި އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެއަލްގެ އޮފީހަށް ދިން ބަޖެޓުގައި އޮތީ ހިމަނައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް