ރައީސް މުހައްމަދު މުއިއްޒު ކެޔޮދޫ ކައުންސިލާއި ބައްދަލުކުރައްވަނީ(ފޮޓޯ/ރައީސް އޮފީސް)

ވ. ކެޔޮދޫ

ރަށަށް ލިބޭ އާމްދަނީން ބައެއް ކައުންސިލްތަކަށް ލިބޭގޮތް ހަދަން ގާނޫނަށް އިސްލާހު ހުށަހަޅަނީ

ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް އާއި މަސްވެރިކަން އަދި ދަނޑުވެރިކަމުން ލިބޭ އާމުދަނީން ބައެއް މިހާރު މީރާއަށް ޖަމާކުރަން ޖެހޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް އެ ފައިސާ ކައުންސިލްތަކަށް ލިބޭގޮތް ހަދާނެ ކަމަށް

ލޯކަލް ޓޫރިޒަމާއި މަސްވެރިކަމުން އަދި ދަނޑުވެރިކަމުން ރަށަށް ލިބޭ އާމްދަނީން ވަކި އިންސައްތައެއް ސީދާ ކައުންސިލްތަކަށް ލިބޭގޮތް  ހެދުމަށް ކަމާގުޅޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެެއް؟ - ވ. ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ރައީސް ދެެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރަށެއްގެ ރައްޔިތުންނަށް ސީދާ މަންފާ އާއި ނަފާ ލިބޭނީ އެ ރަށެއްގެ ކައުންސިލުތައް ބާރުވެރިކޮށް، އާއްމުދަނީ އިތުރުވުމުން ކަމަށެވެ. އަދި އޭގެ ސަބަބުން ސަރުކާރަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވަނީ އެ ރަށެއްގެ ރައްޔިތުންނަށް ލިބޭ އާއްމުދަނީއަކުން އެ ރަށަކަށް ފައިދާވާނެ މަގުތައް ތަނަވަސްކޮށްދެއްވުން ކަމަށެވެ. އެގޮތުން ކުރަން ނިންމަވާފައިވާ ކަންކަމުގެ ގޮތުގައި ރައީސް ވިދާޅުވީ:

  • ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީގެ ވަކި އިންސައްތައެއް ކައުންސިލުތަކަށް ލިބޭގޮތް ހެދުން

  • ރަށްރަށުގައި ކުރާ މަސްވެރިކަމާ ގުޅޭ މަސައްކަތްތަކާއި ދަނޑުވެރިކަން ފަދަ އާއްމުދަނީ ލިބޭ އެހެނިހެން ކަންކަމުން ވެސް މީރާއަށް ޖަމާކުރާ ވަކި އިންސައްތައެއް އެރަށެއްގެ ކައުންސިލަށް ލިބޭނެ ގޮތް ހެދުން 

"ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލުތަކުގެ އާއްމުދަނީއަށް އިތުރު ކުރުމަށް ލާމަރުކަޒީ ގާނޫނާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހަޅަން އަޅުގަނޑު ގަސްތުކުރަން،" ރައީސް ވިދާޅުވި އެވެ.

އަދި އެ ރަށެއްގައި ހިންގާ އާއްމުދަނީ ލިބޭ އެހެނިހެން އިތުރު މަސައްކަތަކުން ލިބޭ އާއްމުދަނީން ވަކި އިންސައްތައެއް މިހާރު މީރާއަށް ޖަމާކުރާގޮތަށް އޮންނަ އޮތުން ބަދަލުކޮށް، އެ ފައިސާ ސީދާ ކައުންސިލުތަކަށް ލިބޭނެ ގޮތް ހަދަން ޓެކްސްގެ ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުގެ ކަލެކްޓިން އެޖެންސީ މީރާއިން ހުރިހާ ޓެކްސްއެއް ނެގުމުގެ ބަދަލުގައި މައި އިންޑަސްޓްރީތަކުން ލިބޭ އާއްމުދަނީން ވަކި އިންސައްތައެއް ކައުންސިލްތަކަށް ލިބޭގޮތް ހެދުމަށް އެކަމާ ގުޅޭ ހުރިހާ ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޓީޖީއެސްޓީ އާއި ޖީއެސްޓީ ފަދަ ޓެކްސްތަކުން ލިބޭ އާމްދަނީ މިހާރު ސީދާ ވަންނަނީ މީރާއަށެވެ.

ރައީސް ވިދާޅުވީ އޭގެ ސަބަބުން:

  • ކައުންސިލުތަކުގެ އާއްމުދަނީއަށް އަނެއްކާ ވެސް އިތުރު ފައިސާ ލިބިގެންދާނެ

  • ކޮންމެ އަހަރެއްގެ ބަޖެޓުން ކުރާ ހަަރަދުތަކަށް ލުއި ލިބި ރަށްރަށުން ސީދާ ލިބޭ އާއްމުދަނީ އެރަށެއްގެ ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމަށް ފަސޭހަވެގެންދާނެ 

  • އޭރުން ކުރިއަށް އޮތްތަނުގައި ސީދާ ރަށްރަށަށް އެ ފައިސާ ވަދެ މުޅި ރާއްޖެއަށް އާއްމުދަނީ ބެހިގެންދާނެ 

ފާހަގަކޮށްލެވޭ ކަމެއް - ކައުންސިލުތަކުން ކުރާ ހަރަދަށް ލުއިދީ، އާއްމުދަނީ އިތުރުކުރުމަށް އެހީވުމުގެ ގޮތުން، ރަށްރަށުގެ މިސްކިތްތަކުގެ ކަރަންޓާއި ފެންބިލުތަކަށް މިހާރު ލުއިދީފައިވާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތާގައި މަގުބައްތިތަކުގެ ބިލުތަކަށް ވެސް ލުއިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް