އިންޑިއާގެ 8 މީހުން މައްޗަށް އުފުލާފައިވާ ތުހުމަތެއް ސާފެއް ނުވޭ.

ވާނުވާ ބަންދުގައި ތިބި މީހުންގެ ކޭސްތައް ރިވިއުކޮށް ދޫކޮށްލެވޭ މީހުން ދޫކޮށްލަނީ

އިހުސާން ވިދާޅުވީ ވާނުވާ ބަންދުތަކުގައި ގިނައިން ތިބީ ބޮޑެތި މާރާމާރީތަކާއި ޓެރަރިޒަމް އާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށް

ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަލުން ރިވިއުކޮށް، ބަންދަށް ލުއިދީ ދޫކޮށްލެވެން ތިބި މީހުން ދޫކޮށްލަން ނިންމާފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިހުސާން މިކަން ހާމަކުރެއްވީ މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. 

"ވާނުވާ ކެޓަގަރީގައި ތިބި ހުރިހާ ގައިދީންގެ ކޮންކަހަލަ މައްސަލަތަކަކާ ގުޅިގެންތޯ، ބަލައި މީގެތެރެއިން އެއްވެސް މީހަކީ ލުޔެއްދެވިދާނެ މީހެއް ކަމަށް ގަބޫލުކުރެވޭ ހާލުގައި ޕީޖީ އާއި ކޯޓުތަކާ ގުޅިގެން އެފަދަ ލުޔެއެއް ދެވޭނެ އެއްވެސް ގޮތެއް އޮތްތޯ ވެސް މިދަނީ މަސައްކަތް ކުރަމުން،" އިހުސާން ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - އިހުސާން ވިދާޅުވީ:

  • ވާނުވާ ބަންދުތަކުގައި ގިނައިން ތިބީ ބޮޑެތި މާރާމާރީތަކާއި ޓެރަރިޒަމް އާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން 

  • އެ މީހުން މިހާރު ބަންދުގައި ތިބީ މުޖުތަމައުއަށް ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކާވެދާނެ ކަމަށް ގަބޫލުކުރެވޭތީ ކޯޓުން އަމުރުކޮށްގެން 

"އެހެންނަމަވެސް، ރައީސްގެ ހާއްސަ އިސްނެންގެވުމާ އެކު، އެންގެވި އެންގެވުމާ އެކު، އަޅުގަނޑުމެން މިދަނީ ރިވިއުކުރަމުން މިހާރު މިތިބި މީހުންގެ ކޭސްތައް ވެސް. އެއްވެސް މީހަކު އިތުރު ލުޔެއް ދެވޭނެ ކަމަށް ވެއްޖިއްޔާމު މުޖުތަމައުއަށް ގެއްލުން ނުވާގޮތަށް ނުރައްކަލެއް ކުރިމަތިނުވާ ގޮތަށް އެކަން ކުރެވެން އޮތް ކަމަށްވަންޏާ އަޅުގަނޑުމެން އެކަން ކުރާނަން." އިހުސާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް