އެމްޓީސީސީ ބަހަކަށް މީހުން އަރަނީ: ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ (ފޮޓޯ/އެމްޓީސީސީ)

ނުކުޅެދުންތެރިކަން ހުރި ދަރިފުޅަށް ބަހުގެ އެއްވެސް ފަސިންޖަރަކު ގޮނޑިއެއް ނުދެއްކި، ބަދަލުގައި މަލާމާތް

ބަހުގެ ބައެއް ގޮނޑިތައް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކުރި ނަމަވެސް، އެފަދަ މީހުންނަށް އެ ގޮނޑިތައް ނުދީ އެހެން މީހުން އިށީނދެގެން ތިބުމަކީ އާއްމު ކަމެއް

އޯޓިސްޓިކް ދަރިފުޅުގެ ތެރަޕީ ނިންމާލުމަށް ފަހު، އިއްޔެ އައިމިނަތު ނިޝީ ބަސް ސްޓޮޕްގައި މަޑުކޮށްގެން ހުރީ ބަހުގައި ގެއަށް ދިޔުމަށެވެ. ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން އުޅަނދު އައިއިރު ބަސް އޮތީ އެއްކޮށް ފުލްވެފަ އެވެ. ނަމަވެސް އޭނާ އެއަށް އެރީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ގޮނޑި ހާއްސަކޮށްފައި ހުންނާނެތީ އެތަނުން ޖާގަ ހޯދުމަށެވެ.

އައިމިނަތަށް ފެނުނީ، އެ ގޮނޑިތަކުގައި ވެސް އެހެން މީހުން އިށީނދެގެން ތިބި ތަނެވެ. އުނދަގުލުން ދަރިފުޅު ބަހަށް އަރުވައި، އިށީންނާނެ ތަނެއް ނުފެނިގެން އުޅުނު އިރު ވެސް އެއިން މީހަކު ގޮނޑިން ހިއްލާ ވެސް ނުލަ އެވެ. އެންމެ ފަހުން ޑްރައިވަރާ ވަރަށް ވާހަކަ ދައްކައިގެން، ދަރިފުޅު ބައިންދަން ލިބުނީ، ބަހުގެ އެހީތެރިޔާ އިންނަ ގޮނޑި އެވެ. އައިމިނަތު ހުރީ ދަރިފުޅު ކައިރީގައި ކޮޅަށެވެ.

"ބަސް ސްޓޮޕް އައުމުން، އަނެއްކާވެސް ގޮނޑިއެއް ލިބޭތޯ އަޅުގަނޑު މަސައްކަތް ކުރިން. އެކަމަކު އެއްވެސް މީހަކު ގޮނޑިއެއް ނުދިން،" ސޯޝަލް މީޑިއާގައި ކުރި ދިގު ޕޯސްޓެއްގައި އައިމިނަތު ކިޔައިދިނެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުއްޖާއަށް އެ ބަހުން ގޮނޑިއެއް ނުލިބުނެވެ. އެފަދަ މީހުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގައި އިށީނދެގެން ތިބީ ކުޅެދޭ މީހުންނެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް އައިމިނަތުގެ ހިތަށް އަސަރުކުރީ، އޭނާގެ ދަރިފުޅު ލައްވާލި އަޑަކަށް، ބަހުގައި ތިބި މީހުން އެ ކުއްޖާއަށް ބަލައި ހީހެދުމެވެ.

ބަހުގައި ބަޔަކު ދަތުރުކުރަނީ. (ފޮޓޯ/އެމްޓީސީސީ)

"މިފަދަ ބެލުންތަކާ އަޅުގަނޑުމެން ކުރިމަތިލަނީ ވަރަށް ކެތްތެރިކަމާ ހިތްވަރާ އެކީ. އެކަމަކު ފާހަގަވީ ގިނަ އިންސާނުންގެ އޯގާތެރިކަމުގެ ކަންފުޅެއް ވެސް ނެތްކަން،" އެ މަންމަ ލިޔުނެވެ.

އައިމިނަތުމެން ދަތުރު ކުރި އެ ބަސް ދެން މަޑުކުރި ބަސް ސްޓޮޕުން ވެސް، ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު އެއަށް އެރި އެވެ. ބަސް އާދޭތޯ، އެ މީހުން ވެސް ގަޑިއެއްހާއިރު އިންތިޒާރު ކުރަން ޖެހުނު ކަމަށް އެ މީހުންނާ ހަވާލާދީ އޭނާ ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުން ޖާގަ ލިބެން ޖެހޭނެ ކަމަށް ބުނެ އެމީހުން ބަހަށް އެރި ނަމަވެސް އެ ގޮނޑިތަކުގައި ތިބީ އެހެން ބައެކެވެ. 

"އޭރު އަޅުގަނޑުގެ ފަހަތުގައި އިށީނދެގެން ތިބި ބޮޑު ދެ އަންހެނުން. ވަރަށް ރުޅިއައިސްފައި އެ މީހުން ބުނި އަޑުއިވުނު، ތިޔަ ބުނާ ގޮނޑިއެއް މިޔަކު ނުހުންނާނޭ. ކަލޭމެން ނުކުޅެދޭ މީހުން ގޭގެ އެނދުމަތީގައި ތިބީމައި ނިމުނީނޫންހޭ،" އައިމިނަތު ލިޔުނެވެ.

"އެ އަޑު އިވުމުން ހަމަ ރޮވުނު. ވަރަށް ހިތަށް އަސަރު ކުރި. ހިތަށްއެރީ ހާދަ ރަހުމް ކުޑަ ބަޔެކޭ. އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ނެތީ ބާވައޭ."

އެ ދަތުރު ނިމެންދެން އޭނާގެ ހިތް އޮތީ ޝަކުވާ އާއި ސުވާލުތަކުން ފުރިފަ އެވެ. އޭނާ ލިޔުނެވެ.

"މިއަދު ތިބާ ކުޅެދޭ މީހަކަސް މާދަމާގެ ހާލަތު އެނގޭ ހެއްޔެވެ؟"

"މި ކުދިންނަށްޓަކައި އަޅުގަނޑުމެން މި އުފުލާ ބުރަޔާއި ގުރުބާނީ، ކުޑަ މިންވަރެއް ވެސް ވަޒަންކުރެވޭތޯ އެވެ."

"މި ދަރިން އެންމެ ފަހަރަކު ވެސް މަންމާއޭ ކިޔާފައި ގޮވާލާތޯ އަޅުގަނޑުމެން މި ކުރާ ދުއާ އާއި ހޭދަ އެނގޭ ހެއްޔެވެ؟"

"ތިޔަ ބުނެލާ ބަސްތައް އެ ކުއްޖާއަށް ނީވިދާނެ. އެކަމަކު އެ ދަރިފުޅުގެ ހައްގުގައި މުޅި ދިރިއުޅުން ގުރުބާން ކުރާ މަންމަގެ ހިތަށް ކުރާނެ އަސަރު އިހުސާސްކޮށްލި ނަމަ،" އައިމިނަތު ލިޔުނެވެ.

އެމްޓީސީސީގެ ބަހުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގޮނޑިތަކެއް ހާއްސަކޮށްފައި ހުރެ އެވެ. އަދި އެކަން އަންގައިދިނުމަށް ލޭބަލްކޮށްފައި ވެސް ހުރެ އެވެ. އެކަމަކު އައިމިނަތުގެ އެދުމަކީ، އެއަށް ވުރެ އެ ނިޒާމް ހަރުދަނާކޮށްދީ، އޭގެ ހައްގުވެރިންނަށް އޭގެ ބޭނުން ހިފޭނެ ގޮތް ހަދައިދިނުމެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަސޭހައަށް ކޮށްދޭން ބުނާ ވައުދުތައް ރަނގަޅު ގޮތުގައި ފުއްދައިދިނުމެވެ.

ކޮމެންޓް (17)

ޙަސަނު1

7 މާރިޗު 2024
ތިކަން ވިއިރު ކޮބާ ބަސް ކޮންޑަކްޓަރ؟
1 0

އަސްލު

6 މާރިޗު 2024
ތީގެން އެނގޭއެއްޗަކީ ކުޅެދޭކަމައް ހެދިފަތިއްބަސް ހަގީގީ ނުކުޅެދުންތެރިންނަކީ އެއީކަން. އިންސާނާގެގައިގާ މާތްރަޙްމަތުން ލެއްވި އިންސާނިޔަތުކަން ނެތްނަމަ އެވާނީ ޖަނަވާރުންނައް ނޫންތޯ؟ އެއައްވުރެ ބޮޑު ނުކުޅެދުންތެރިކަމެއް އެބައޮތްތޯ. އަޅާވެސް ލާނެކަމެއްނެތް ތިކުއްޖާ އަކީ މަތް އިލާހުގެ ރަޙްމަތެއް އަދި ރަޙްމަތެއް ލެއްވުމައްވުރެން ކުޅެދުން ތެރިކަން ބޮޑުވާނެއެއްވެސް ކަމެއް ނުމެއޮއްނާނެ.
7 0

އައްޑޫ

6 މާރިޗު 2024
ހާދަ ދެރައޭ
2 0

ހައްވަ

6 މާރިޗު 2024
ތިމާ މީހާ އަށް އެފަދަ ކަމެއް ދިމާވިނަމަ ކުރާ އަސަރު އިހްސާސްވާނީ ގޭގަ އޮންނާކަށް ނުޖެހޭނެ ނުކުޅެދުންތެރިޔޭ ކިޔާފަ . އެހެން ބުނި ރަހުމެއްނެތް ދެ ބޮޑު އަންހެނުން ގެ ހިތުގައި އިންސާނިއްޔަތުގެ ކަމުހެ ޒައްރެއްގެ މިންވަރެއްވެސް ނެތް
12 0

ސުމަން

5 މާރިޗު 2024
ބަހުގަތިބޭ މުވައްޒަފުން އެކަން ހަމަޖައްސަދޭން ޖެހޭ.ހުސްކޮށް ހުރީމަ އިށީނުން މައްސަލައެއްނުން.އެކަމަކު އެގޮނޑި ޚާއްސަކޮށްފައިވާ ބަޔަކު ބަހަށް އަރާފިއްޔާ ޖާގަ ދޭންވާނެ.ތިބަހުން ދަތުރުކުރި ދިވެހިންގެވެސް ރަހުމެއްނެތީ ހެއްޔެވެ.ބޭރު މީހުން ވަރެއްވެސް ނުވިތާ.އަލަށް އަހަރެން ބަހަށް އެރި ދުވަހެއް.މެދު އުމުރުގެ ތިން އަންހެނަކު ބަހަށް އަރަން އައިސް ބަހަށް ފައިސާ ދެއްކޭނެ ގޮތެއްނެތިގެންތިއްބާ ބޭރު މީހަކު (ބަންގުލާދޭޝް) މީހަކު އައިސް 3 މީހުންނަށް ރުފިޔާ ދައްކާފައި ނުވިތާކަށް އެމީހުން އިށީދެގެން ތިބި ގޮނޑިވެސް އެމީހުންނަށްދިނީ.ފައިސާ ދެއްކީމަބުނި މާލެ ގޮއްސަ ދޭނަމޭ.ހުޅުމާލެއިންގޮސް މާލެއަށް ފައިބާފަބުނި ބޭރުމީހާ ބުނި އޯކޭ ނުދިނަސް.އެކަމަކު ދިވެހި ތިން އަންހެނުން ޝުކުރިއްޔާ އޭވެސް ބުނެނުލާ ބުނީ މާރަނގަޅަކަށް ނޫންހޭ މިވީ.މީ ދިވެހިންގެ ހާލު.
51 0

ވާނުވާ

5 މާރިޗު 2024
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮނޑީގައި ތިބި މީހުން ތެދުވަން ބަހުގެ ޑްރައިވަރާއި ކޮންޑަކްޓަރ އަށް ނޭނގެން ވީ ކިއްވެ؟ ކިޔަމަން ނުވެއްޖެ ނަމަ ފުލުހުންވެސް ގެނެވިދާނެ.
57 1

ފަރުދީ

5 މާރިޗު 2024
@ވާނުވާ ކޮބައިތޯ ފަރުދީ ޒިންމާ މީހުން ބުނެ ކިޔާކައް ނުޖެހޭނެ އަމިއްލަ އަ ވެސް އެވަރު އެގެން ޖެހޭނެ ކޮންމެސް ކަމަކު ލޭބަލްކޮ އެވަރުން ނުވެގެން ގޮޑީގެ ކުލަ އާއެޗިސް ބަދަލުކޮފަހުނަނީ ކަމެއް ވާއިރަށް އެހެން މީހުން ގޯސްކުރަން ނޫޅެ ދިވެހިން އެބަޖެހޭ މިޔަތުރެ ތަހުޒީބުވާން
12 14

އަލްސް

5 މާރިޗު 2024
@ވާނުވާ ތެދުވަން އެންގީމަ ނުތެދުވީމަ ދެން ކީއް ކުރާނީ؟
2 5

އެއްލައިދޫ

5 މާރިޗު 2024
މިހާރު މި ގައުމުގަ އޮތީ އެމީހަކާ އެމީހެއް. ކުރިން ދިވެހިންގެ އޮތް އެއްބައިވަންތަކަމެއް ހަމަ ނެތް.
39 0

އާނަންދ

5 މާރިޗު 2024
ބަހުގެ ޑްރައިވަރަށް އެންގޭނެ އެގޮނޑީގައި ތިބި މީހުންނަށް ތެދުވަން. އެގޮތަށް އަމަލު ނުކޮށްފިއްޔާ ބަހުން އެބަޔަކު ބޭލީމަ އެނިމުނީ. ޑްރައިވަރުން ވަރަށްވުރެ ލޮނުމަޑީ.
42 1

ކަލޯ

5 މާރިޗު 2024
@އާނަންދ އެހެނެ ނުވެސް ބޭލޭނެ ކޮބައިތޯ އެ ގޮޑީގަ އިށީދެ އިން މީހާގެ ޒިންމާ ލޮލުން ނުފެންނަނީތޯ އެ މީހުނަކީވެސް ރުފިޔާދީގެން އަރާތިބި ބައެ ގޮޑި ދޭން އެޓެންޑަރު ނޫނީ ޑްރައިވަރު ބުނެގެން އަމަލު ކުރުމަ ވުރެ ތިމާ މީހާސިކުޑިން ވިސްނާލިޔާ ކީތޯ ވަނީ ކޮބަޔިތޯ ފަރުދީޒިންމާ
5 18

ބަރަނި

5 މާރިޗު 2024
@ކަލޯ ބޭލޭނެ. މިއީ ގޯތިތެރޭ ދުއްވާ ބަރޯގަނޑެއް ނޫނޭ.
25 0

ޒުވާނެއް

5 މާރިޗު 2024
@ބަރަނި ކަލޯ، ނުބެލޭނެ އެކޭ ނޫން، އެކަމަކު ތިޔަ ބަސް ސާވިސް އަކީ ތީ ސޯޝަލް ސާވިސް އެއް، މާބޮޑު ފީއެއް ނަގައިގެން ދޭ ޕްރިމިޔަމް ސާވިސް އެއް ނޫން. ޢެހެންވީމައި ސޯޝަލީ އެކްސެޕްޓަބަލް އަދި އިސްލާމިކް ރޫލްސް އަދި ގުޑް މެނާސް ގެންގުޅެން ވާނެ. ޑްރައިވަރުން އަދި ކޮންޑަކްޓާ ލައްވައި ކޮންޓްރޯލް ކޮށްގެން ބޭސިކް ހިއުމަން ޑީސެންސީ ޕްރެކްޓިސް ކުރުވުމަކީ ހައްލެއް ނޫން. ޢެވާހަކަ އެއްނޫން ދައްކަން ވީ. ޢަހަރެމެން ގެ އެކަހަލަ ދެރަ އާދަތަކުގެ ވާހަކަ ގިނަގިނައިން ދައްކައިގެން ވެސް އެކަން ރަނގަޅު ވޭތޯ ބަލަންވީ. ޢެއްބަސް ތޯ؟
10 1

ޑުރައިވަރު

9 މާރިޗު 2024
@ބަރަނި ބަސްތެރޭ އަޑުގަދަ ކުރުން ހަޑި އެއްޗެހިކިޔުން ނޫނީ ބޮއެގެން އެރުން ނޫން ހާލަތެއް ނޯވޭ ބަހުން ބޭލޭކަށް.. އެވަރުގެ ބާރެއް ދީފަ އޮންނަ ބައެއްނޫނޭ އެއީ..ފަރުދީ ޒިންމާ އަދާކޮއްބަލަ އެހެން މީހުން ކުއްވެރި ނުކޮށް..
0 0

ތަކުރު

5 މާރިޗު 2024
ހިތާމައިގެ ކޮޅެއްވެސް ނެތް. މިއަދު އަޅުގަނޑުމެންގެ މުޖަތަމައު ވެއްޓިފައިމިވަނީ ވަރަށް ދަށު ދަރަޖައަކަށް. އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތީތަ އަހަރެމެންގެ؟
28 0

ސަނައްޓޭ

5 މާރިޗު 2024
ހަމަ ހުވާކޮށްފަ މި ބުނީ އަހަރެން ބަހަށް އެރި ދުވަހު އެކުދިންނަށް ހާއްސަކޮށްފަ ހުރި ގޮނޑީގަ އިށީނދެގެން އިނީ ސިފައިންގެ ޔުނީފޯމްގަހުރި ބޮޑު އަންހެނެއް. އެދުވަހު ރެހެންދި ފްލެޓް ކައިރިން ނުކުޅެދޭ ބަލި މީހެއް އަރުވަން ބަސް ޑްރައިވަރު އުޅުނު އެކަނިމައިއެކަނި ވަރަށް ހާލުގަ. މި ބުނާ ސިފައިންގެ ބޭކަލު އިންނެވި ހިނިއައިސްފަ ބަލަން. އެދުވަހު ހިތަށްއެރި ދިވެހިންނަކީ ހާދަ ހަޔާތްކުޑަ ހާދަ ހިތް ހަރު ބައެކޭ. ޔުނީފޯމެއް ލާފަ ހުއްޓަސް އަދިި މީހާ ގައިގަ ނެތޭ ހަމަ އެކައްޗެއްވެސް. އަތުގަ އައިފޯނެއް އޮތަސް ސްމާޓެއްވެސް ނޫނޭ. ތި ކުދިންނަށް ހާއްސަ ކޮށްފަ ހުންނަ ގޮނޑިތަކުގަ ގިނައިން ތިބެނީ ތިބުނާހެން ކުޅެދޭ މީހުން. ބޮޑެތި ދިންގާ ފިރިހެނުން ތިބޭނެ ހެވިފަ ބަލަން ގޮނޑިއެއް ނެތި ކޮޅަށް ދަރިފުޅު ގޮވައިގެން ހުންނަން ޖެހުނަސް
31 1

ބަރަނި

5 މާރިޗު 2024
@ސަނައްޓޭ އަންހެނަސް ފިރިހެނަސް ވާނީ ހަމަހަމަ. ބަލި މީހުނާ މުސްކުޅިންނާ ކުޑަކުދިން ތަފާތު ވާނީ. ބޮޑެތި ސިންގާ އަންހެނުންވެސް މާ ޕްެރިންސެސް ހެދިފަ ތިބެނީ. ބަލަ އެ ބުނި އެއްޗެއް ބުނީވެސް ހަމަ އޭގެ މީހެއްދޯ.
9 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް