ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިނގިއްޔާ ދެމެދު ޖަހާފައި ހުރި ތަނބުތަކެއް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ވިލިމާލެ ބްރިޖު

ތަކުރާރުކޮށް އެންގުމުން ވެސް ދަތުރު ކުރުން ނުހުއްޓާތީ ވިލިމާލޭގެ ދެ ކަނޑުއޮޅި ބަންދުކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ ގަވާއިދުގެ ދަށުން، މަނާކޮށްފައިވާ ކަނޑުގެ ސަރަހައްދަކަށް ވަދެއްޖެ ނަމަ ލައިސަންސް ހިފެހެއްޓޭނެ

މާލެ-ވިލިމާލެ އަދި ވިލިމާލެ-މާލެ ކަނޑުއޮޅިން ދަތުރުނުކުރަން އިލްތިމާސްކުރި ނަމަވެސް، އެ ކަނޑުއޮޅި ބޭނުންކުރުން ނުހުއްޓޭތީ، އެ ދެ ކަނޑުއޮޅި ބަންދުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޓްރާންސްޕޯޓް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ދެ ކަނޑުއޮޅިން އެއްޗެހި ދުއްވުން ތަކުރާރުކޮށް މަނާކުރި ނަމަވެސް އަދި އެ ސަރަހައްދުތަކުން އުޅަނދުުތައް ދަތުރުކުރާ ކަމަށެވެ.

ތަފްސީލް - ހާއްސަކޮށް ރިސޯޓުތަކުގެ ސްޕީޑު ލޯންޗުތައް އެ ހިސާބުން ދަތުރުކުރާކަން ފާހަގަވާ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ؛

  • މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ ބްރިޖު މަޝްރޫއުގެ މަސައްކަތްތަކަށް އެ ސަރަހައްދުގައި ބާޖުތަކާއި ސެލްފް އެލެވޭޓެޑް ޕްލެޓުފޯމުތައް ބޭނުން ކުރަމުންދާ ކަމަށް

  • މި ދެ ކަނޑުއޮޅީގައި ގިނަ އަދަދެއްގެ ބައިތައް ހަރުކުރުމަށް ނަގިލިތަކާއި ވާތައް އަޅާފައި އޮތުމުން ކަނޑު އޮޅި ބޭނުން ކުރާ އާންމު އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާކަމެއް ކަމަށް 

އެހެންކަމުން މި ދެ ކަނޑުއޮޅިން ދަތުރުކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ މި ދެ ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުންޏެވެ.

  • ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ ގަވާއިދުގެ ދަށުން، މަނާކޮށްފައިވާ ކަނޑުގެ ސަރަހައްދަކަށް ވަދެއްޖެ ނަމަ، އެ ފަރާތެއްގެ ލައިސަންސް އެއް މަސްދުވަހަށް ހިފަހައްޓާނެ  

ފާހަގަކުރެވޭ - ދަތުރު ކުރުން މަނާކޮށްފައިވާ ކަނޑުއޮޅިން ދަތުރު ކުރި ރިސޯޓެއްގެ ސްޕީޑް ލޯންޗަކާއި ބުރިޖުގެ މަސައްކަތް ކުރި އެފްކޮންސް ކުންފުނީގެ ލޯންޗެއް ޖެހި މިދިޔަ މަހު ވަނީ އެކްސިޑެންޓެއް ހިނގައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް