ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

ޕީޖީ ޝަމީމަށް ދިން ހަމަލާއާ ގުޅޭ 7 މީހަކު ހައްޔަރުކޮށްފިން: ފުލުހުން

އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން؛ ޝަރީއަތް ނިމެންދެން އެ މީހުން ވަނީ ބަންދުކޮށްފައި

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)، ހުސެއިން ޝަމީމަށް މަގުމަތިން ހަމަލާދިން މައްސަލައިގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެނގުން މުހިންމު - ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރީ ދެ މީހެކެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު އިތުރު މީހަކު ހައްޔަރުކޮށް ފުުލުހުން އޭރު ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ތިބީ ތިން މީހަކު ކަމަށެވެ. 

ތަފްސީލް - އެ މައްސަލައިގެ ފަހުގެ މައުލޫމާތު ހޯދުމަށް 'ދައުުރު' އިން މިއަދު ފުލުހުންނާ ސުވާލުކުރުމުން ފޯރުކޮށްދިން މައުލޫމާތުތަކުގައި ބުނީ ޝަމީމަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

 ފުލުހުން އިތުރަށް ބުނި ގޮތުގައި:

  • އެ ހަތް މީހުންނަކީ ވެސް ދިވެހި ފިރިހެނުން. 

  • އެ މީހުން ބަންދުގެ މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި.

ފުލުހުން ބުނީ އެ އެންމެން ވެސް ހައްޔަރު ކުރީ އެކި ދުވަސްމަތިން ކަމަށެވެ. 

ކޮމެންޓް (1)

ފާތިމަތު

4 މާރިޗު 2024
މި މީހުން ބޭނުން ވާ މައްސަލަ ތަކަށް ވަރަށް އަވަހަށް ކުރި މީހުން ހޯދާ ބަންދަށް ޖެހޭ. ބަންދު ކުރުމަށް ފަހު ބަންދަށް ދުވަސް އިތުރު ކޮށް ކޮށް ތިބޭނީ. ދުވަހަކުވެސް ތި މައްސަލަ ބަލާ ނުނިމޭނެ ދެން. ތި ޝަރީޔަތް ނިމޭ ކަމަކަށް ވެސް ނުވާނެ. އާދައިގެ މީހެއް ނަމަ އަދިވެސް ތި ކަމެއް ކުރި އެކަކު ވެސް ފެންނަ ކަމަކަށް ނުވާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް