ރާއްޖެ އާއި ލަންކާއާ ދެމެދު ކުރާ އެއާ އެމްބިއުލާންސް ދަތުރުތަކުގައި ބޭނުންކުރާނެ ބޯޓު. (ފޮޓޯ/ހެލްތު މިނިސްޓްރީ)

ލަންކާ - ރާއްޖެ ދެމެދު އެއާ އެމްބިއުލާންސް ހިދުމަތް މާދަމާ ފަށަނީ

އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެފުޅެއް
29 ފެބްރުއަރީ 2024
1

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

ފަސްމަންޒަރު - މީގެ ކުރިން ރާއްޖޭގެ އެކި ރަށްރަށުން ބަލި މީހުން އުފުލަން ބޭނުން ކުރަނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކާއި އިންޑިއާގެ ވައިގެ އުޅަނދުތަކެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ތަފްސީލު - ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިއީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ރައީސް ރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މުހިންމު ފިޔަވަޅެކެވެ.

ހެލްތު މިނިސްޓްރީން ވަނީ އެ ދަތުރުތައް ފެށުމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ކުރި މަސައްކަތްތަކަށާއި މެޑިކަލް ޑިވައިސްތައް ފޯރުކޮށްދިން ކަމަށްޓަކައި އުރީދޫއަށް ޝުކުރުއަދާކޮށްފަ އެވެ.

އެނގުން މުހިންމު - ކުއްލި ހާލަތުގައި އޮޕަރޭޓުކުރާ މެޑިކަލް އިވެކުއޭޝަން ފްލައިޓުތަކަށް ވަގުތުން ހުއްދަ ލިބޭ ގޮތަށް ރާއްޖެ އާއި ލަންކާއާ ދެމެދު ފްރޭމްވޯކެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިދިޔަ މަހު ލަންކާގެ ކޮލަމްބޯއަށް ކުރެއްވި ދަތުރެއްގަ އެވެ.

އެ ދަތުރުގައި:

  • އެކްސިޑެންޓުތަކާއި ބަލިތަކާ ގުޅިގެން އަވަސް ފަރުވާ ބޭނުންވާ މީހުން ފަރުވާއަށް ލަންކާއަށް ގެންދިޔުމަށް ބޭނުންވާ އެއާ އެމްބިއުލާންސްގެ ހިދުމަތާ ގުޅޭގޮތުން ދެ ގައުމުން މަޝްވަރާ ކުރި

  • އަވަސް ފަރުވާއަށް މިހާރު ރާއްޖެއިން ފޮނުވަމުންދަނީ އިންޑިއާއަށް ނަމަވެސް ކުރިއަށް އޮތް ތަނުގައި އެފަދަ ބަލި މީހުން ލަންކާއަށް ފޮނުވަން ސަރުކާރުން ގަސްތުކުރާ ކަމަށް އަމީން ވިދާޅުވި؛ އެއީ ލަންކާގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވުމުން ކަމަށް ވެސް ވިދާޅުވި

  • ރާއްޖެއިން ލަންކާގެ ކަޓުނާޔަކަ އެއާޕޯޓަށް އެއާ އެމްބިއުލާންސްގެ ހިދުމަތް 1 މާޗުގައި ފެށުމަށް ވަނީ އެއްބަސްވެފައި

  • އެ އެއާޕޯޓުގައި އެކަމަށްޓަކައި ހާއްސަ ޔުނިޓެއް ގާއިމުކޮށް އެ ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ހުއްދައެއް ލަންކާ އިން ވަނީ ދީފައި

ކޮމެންޓް (1)

ޙަސަން

1 މާރިޗު 2024
ތީ ރަންގަޅުކަމެއް، ޚިދުމަތުގައި ބަރަކާތް ލައްވާ ތަރަށްގީ ކުރަށްވާށި، މިކަމުން ދިވެހިންނަށް ފައްސޭހަ އަދި އަވަސް ފަރުވާއަށް އިތުރު ކުރިއެރުން ލިބޭނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް