މީގެ ކުރިން ހެލްތު މިނިސްޓްރީ އިން ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވާހަކަ ދައްކަވަނީ (ފޮޓޯ/ހެލްތު މިނިސްޓްރީ)

ތެލެސީމިއާ ހޮސްޕިޓަލު އަޅަން ހުޅުމާލޭން ބިން ހަމަޖެހިއްޖެ

އެ ހޮސްޕިޓަލު އަޅަން ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 72،000 އަކަ ފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފައި

ތެލެސީމިއާ އަށް ފަރުވާދޭން އަޅާ ހޮސްޕިޓަލު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅަން ބިން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ފުރަތަމަ 100 ދުވަސް ނުވަތަ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ ސިއްހީ ދާއިރާ އާ ގުޅުން ހުރި މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލު އަޅާނެ ބިން އެޗްޑީސީ އިން ހަމަޖައްސައިދީފައިވާ ކަމަށެވެ.

ތަފްސީލް - މިނިސްޓަރު ވިދާޅުވީ ތެލެސީމިއާ ހޮސްޕިޓަލު އަޅަން ކަނޑައަޅާފައިވަނީ 72،000 އަކަފޫޓުގެ ބިމެއްގައި ކަމަށެވެ. ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލުކޮށް، ރާއްޖެއިން ތެލެސީމިއާ ނައްތާލުމަށް 10 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތަށް ނޭޕާލާއި ސައިޕްރަސް ފަދަ ގައުމުތަކާ އެކު މަޝްވަރާކޮށް އެ ގައުމުތަކުގެ ތަޖުރިބާ ރާއްޖޭގައި ބޭނުންކުރެވޭތޯ ބައްލަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުން ހުރި - މީގެ ކުރިން ރައީސް އޮފީހުން ބުނީ، ތެލެސީމިއާ ހޮސްޕިޓަލް ހަދަން ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށެވެ.

ތެލެސީމިއާ ހޮސްޕިޓަލުގައި:

  • ބޯން މެރޯ ހެދުމުގެ ހިދުމަތްތައް ގާއިމްކުރާނެ

  • ބޯން މެރޯ ހެދުމުގެ ކުރިންނާއި ފަހުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ލިބޭނެ

  • ހޮސްޕިޓަލު ފަރުމާކުރާނީ ރާއްޖޭގެ އެކި ހިސާބުތަކުން ފަރުވާ ހޯދަން މާލެ އަންނަ ތެލެސީމިއާ ބަލިމީހުންނަށް ހުރުމުގެ އިންތިޒާމު ހަމަޖެހޭ ގޮތަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް