26 ފެބްރުއަރީ 2024: އެމްޑީޕީގެ 'މިސްރާބު ހަމަ މަގަމަށް' މަޖިލިސް ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އަބްދުﷲ ޝާހިދު

މިހާރު އަޅުވާފައި އޮތީ ދިވެހިން ނޫނެކޭ ބުނެފައިވާ ބާ ފިލްމެއް: ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ސިޔާސީ ގޮތުން ހިނގި ކަންކަން ތަކުރާރުވާތަން މި ސަރުކާރުގައި ފެންނާނެ ކަމަށް ޝާހިދު ވިދާޅުވި

މިހާރު އަޅުވާފައި އޮތީ ބާ ފިލްމެއް ކަމަށާއި އަލުން އެ ފިލްމު އަޅުވަން ޖާގަ ދީގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ކެމްޕޭނު ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެއީ ދިވެހިން ނޫނެކޭ ބުނެފައިވާ ފިލްމެއް ކަމަށެވެ.

ބުނީ ކީކޭ؟ - "މި ފިލްމުގައި ފެނުނު މަންޒަރުތައް އަޅުގަނޑުމެން ހަނދާނުގައި އެބަހުރި. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނަގާ ގޭޓު މަތިން ބޮޑު ކަންނެލި އުކާހެން އުކާލި. ފަނޑިޔާރު ގޭގެ ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން ގެންގޮސް ކުޑަ ގޮޅީގައި ބޭއްވި،" ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގި ކަންކަމަށް އިޝާރާތްކުރައްވާ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވެސް ކަން ހިނގާނީ އޭރު ޔާމީންގެ ސަރުކާރުގައި ކަން ހިނގި ބީދައިން ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވައިފަ އެވެ.

ސަރުކާރަށް ފާޑުކިއުއްވަމުން އޭނާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލާފައިވާ ކަމަށެވެ.

"ބުހުތާނު ދޮގު ހަދައިފި. އޮޅުވާލައިފި. ބޮޑުތަނުން އޮޅުވާލައިފި. ހަރާބުކޮށްފި. މުޅިން ހަރާބުކޮށްފި. ފިތުނަކޮށްފި. ގަދަޔަށް ފިތުނަކޮށްފި. މިސްރާބު ގެއްލިއްޖެ. ކަތިވެ، ފާލުން ނެއްޓިއްޖެ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 'ދޮގު ދޮލަނގު ކުނިވެއްޖެ' ކަމަށް ރައްޔިތުން ބުނަން ފަށާފައިވާ ކަމަށެވެ.

"ދޮގު ދޮލަނގުގައި ފުޅަ އަޅަތްޕޭ. ދޮގު ދޮލަނގަށް ސަލާމޭ. ވައްސަލާމޭ. ފުދިއްޖެޔޭ. ދެން ހޯހޯއޭ،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީން ނުކުމެ އެތިބީ ރައްޔިތުން ގޮވާ ގޮވުން އެނގިގެން ކަމަށާއި ރައްޔިތުން އެދެނީ މިސްރާބު ހަމަ މަގަށް އެޅުވުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. 

"އާ ޖޯޝަކާ، ފޯރިއަކާ އާ އަޒުމަކާ އެކީގައި އަޅުގަނޑުމެން ނުކުމެ މިތިބީ މިސްރާބު ހަމަ މަގަށް އަޅުވަން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އަކީ ޕާޓީން ގަބޫލުކުރާ އުސޫލުތައް ދޫކޮށް ހިތްވަރު އެލުވާލާނެ ޕާޓީއެއް ނޫންް ކަމަށެވެ.

ނިމިދިޔަ ރައީސް އިިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފޮރިިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ރޭ ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ މިހާރު ބާކީ ވެއްޖެެ އެވެ.

"ޖަލްސާތަކުގައި ކޮރިޑޯގައި ފަހަތުން ސޮއްސަމުން ސޮއްސަމުން މިހާރު އެހެރަ ދަނީ. އަނިޔާވެރިކަން ތިލަވާން ފަށައިފި. ހައްގުތައް ހަނިވާން ފަށައިފި. މުވައްސަސާތަކަށް އަތް ބާނަން ފަށައިފި. ނޫސް ވެރިކަމުގައި ތަޅުއަޅުވަން ފަށައިފި. އަނގަމަތީ މަލަން އަޅަން ފަށައިފި،" ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް (3)

އަޅި އަލީ

28 ފެބްރުއަރީ 2024
ދެންކަލޯތިއަޔީ ކޮން ފިލްމެއް! ތިޔައީ ފިލްމަކަށް ޑްރާމާއަކަށް ވާހަކަ އަށް ނުވާ ބޭފުޅެއް! މޮޅު ވާހަކަ ދައްކަން ނޫޅުއްވާ!
0 0

މަލް

27 ފެބްރުއަރީ 2024
ދިވެހީންް އެންމެެ ފަހުނ ނޫނެކޭޭ ބުނިި ތިޔަަ ބައިގަނޑަށްް. ތިޔައީީ ޑީއަރުޕީީގެެ ބާާ ފިލްމުު. ތިޔަަ ފިލްމަށްް ވުރެން. ބާާ ފިލްމެއްް ސިޔާސީީ މައިދާނުގައިި ނެތް.
3 0

މިކަލޭގެ

27 ފެބްރުއަރީ 2024
މީހާދަ ހަސަދަވެރިވެގެން އުޅޭ ގޮލައެކޭ. މީނަގެ އަމާޒު މިހުރީ ވެރިކަމާއި ދިމާއަށް. އިންޑިއާއަށް މިރާއްޖެ ވިއްކާގޮތަށް. މީނައާއި ދޭތެރޭ ވިސްނަން އެބަޖެހޭ.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް