ކުރީގެ ފިލްމީތަރި ޝާކިރުބެ: ގިނަ ފިލްމުތަކާއި ޑްރާމާތަކެއްގައި އުޅުނު

މަރު

ކުރީގެ ފިލްމީ ތަރި ޝާކިރުބެ ނިޔާވެއްޖެ

1990ގެ އަހަރުތަކުން ފެށިގެން ފިލްމުތަކާއި ޑްރާމާތަކުން ފެނުނު ޝާކިރުބެ އާންމުކޮށް ކުޅުނީ މަޑުމައިތިރި ރޯލުތައް

ކުރީގެ ފިލްމީތަރި އިބްރާހިމް ޝާކިރު (ޝާކިރުބެ) ނިޔާވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު އުމުރުން 85 އަހަރުގައި އޭނާ ނިޔާވީ އިއްޔެގެ ވަގުތެއްގަ އެވެ. ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.

ތަފްސީލް - 1990ގެ އަހަރުތަކުން ފެށިގެން ފިލްމުތަކާއި ޑްރާމާތަކުން ފެނުނު ޝާކިރުބެ އާންމުކޮށް ކުޅުނީ މަޑުމައިތިރި ރޯލުތަކެވެ. ވަރަށް ގިނަ ފިލްމާއި ޑްރާމާތަކުގައި އޭނާ މަސައްކަތްކުރި އެވެ. އެ ދާއިރާއިން ދުރަށް ދިޔައީ އުމުރުން ދުވަސްވެ، ސިއްހީ ގޮތުން އައި ބަދަލުތަކާ ހެދި އެވެ. 

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމުގެ ބައްޕަ ޝާކިރު ވަނީ ދިގު މުއްދަތެއްގައި ސަރުކާރަށް ވެސް ހިދުމަތް ކުރައްވައިފަ އެވެ.

ޝާކިރާ އެކު އެކި ޑްރާމާތަކުގައި އުޅުނު އިބްރާހިމް ރަޝީދު ސިފަކުރި ގޮތުގައި ޝާކިރަކީ "ވަރަށް ހިތްހެޔޮ، އޯގާތެރި އެކު އުޅެން ފަސޭހަ އެކުވެރިއެކެވެ."

"ޝާކިރުބޭގެ އިހުސާސްތައް ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ދެރަވެފައި ހުއްޓަސް ނޭނގެ އެވެ،" ފޭސްބުކްގައި ލިއަމުން އިބްރާހިމް ރަޝީދު ބުންޏެވެ.

"ޓީވީއެމްގެ ރީތި ބަގީޗާ ޝާކިރުބެ ވަކިވުމަށް ފަހު އެ ދިޔައީ އެވެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް