އެލައިޑް އިންޝުއަރެންސްެގެ ހިދުމަތްދޭ މަރުކަޒެއް

ރޯދައަށް އެލައިޑުން ޕްރޮމޯޝަނަކާ އެކު މަދަހަ މުބާރާތަކާ ޓިކްޓޮކް މުބާރާތެއް

އެލައިޑުން ބުނީ އެ ކުންފުނީގެ މަދުސަދަކީ މިއަހަރުގެ ރޯދަ މަހުވެސް އިންޝުއަރެންސާ ބެހޭ މައުލޫމާތު ޝައުގުވެރި ގޮތްތަކަށް އާންމުންނާއި ހަމައަށް ފޯރުކޮށްދީ، އިންޝުއަރަންސްގެ ރައްކާތެރިކަން ހޯއްދެވުމަށް ހިތްވަރު ދިނުން ކަމަށް

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އެލައިޑުން ހާއްސަ ޕްރޮމޯޝަންތަކަކާ އެކު މަދަހަ މުބާރާތަކާއި ޓިކްޓޮކް މުބާރާތެއް އިއުލާނުކޮށްފި އެވެ.

ތަފްސީލް - މިއަހަރުގެ ރޯދަ މަހާދިމާކޮށް އެލައިޑް އިން ކުރިއަށް ގެންދަން ނިންމާފައިވަނީ އިސްލާމިކް އިންޝުއަރެންސް ޕްލޭން؛ ހިޔާވަހި ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެކެވެ.

އެގޮތުން ހިޔާވަހީގެ އަހަރަކަށް 600ރ. ދައްކައިގެން 650،000ރ. އާ ހަމައަށް ބަދަލު ލިބޭ ލަގްޒަރީ ޕްލޭން ނަގާ ކޮންމެ ކަސްޓަމަރަކަށް، އެ ޕްލޭނާ އެއް އަގެއްގެ ކޮމްޕްލިމެންޓަރީ ގިފްޓް ޕެކެއް ދޭނެ އެވެ.

ގެދޮރުގެ ރައްކާތެރިކަމަށް ދެއްވާ އަހައްމިއްޔަތު އިތުރުކުރުމަށްޓަކައި ފަށާފައިވާ މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ މިއަދުން ފެށިގެން ރޯދަ މަހުގެ ނިޔަލަށެވެ.

  • މި ޕެކޭޖު އެލައިޑްގެ އެޕް އަދި މައި އެލައިޑް ޕޯޓަލް މެދުވެރިކޮށް ނެގޭނެ

  • ކޮމްޕްލިމެންޓަރީ ގިފްޓް ރެޑީމް ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ރަސްމީ ގަޑީގައި އެލައިޑްގެ ކަސްޓަމަރ ފްރަންޓް އޮފީސް؛ ހ.އޯކިޑުން

އެލައިޑުން މިއަދު ވަނީ ފޭސްބުކްގައި ކުރިޔަށްގެންދަން ނިންމާފައިވާ އެލައިޑް މަދަހަ މުބާރާތާއި ޓިކްޓޮކްގައި ކުރިޔަށްގެންދަން ރާވާފައިވާ #އިންޝުއާލައިފްވިތްއެލައިޑް ކޮންޓެސްޓް ވެސް އިއުލާނުކޮށްފަ އެވެ.

މަދަހަ މުބާރާތުގައި ބައިވެރިވުމަށް، ރޯދަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރޯދަ މަސް ނިމެންދެން #އެލައިޑްމަދަހަ ޖެހުމަށް ފަހު ފަހު ޕޯސްޓް ކުރާ މަދަހަ ވީޑިއޯތަކުގެ ތެރެއިން ފަނޑިޔާރުން އެންމެ މޮޅުކަމަށް ނިންމާ ވީޑިއޯ ހުށައަޅާ ފަރާތަކަށް އިނާމަކަށް އައިޕެޑެއް ލިބޭނެ އެވެ.

  • މިއީ 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ފުރުސަތެއް

  • ވީޑިއޯ ޕޯސްޓު ކުރާނީ ބެލެނިވެރިޔާގެ ހުއްދަ އާއެކު ބެލެނިވެރިޔާގެ ފޭސްބުކް އެކައުންޓުން ޕަބްލިކް ސެޓިންގައި

އެލައިޑުން ކުރިއަށް ގެންނަން ނިންމާފައިވާ #އިންޝުއާލައިފްވިތްއެލައިޑް ޓިކްޓޮކް މުބާރާތަކީ ޓިކްޓޮކް ހަދާ މީހުން  އިންޝުއަރަންސް ސިފަވާ ގޮތް މާނަކޮށް، ތަޖުރިބާގެ އަލީގައި ނުވަތަ ކްރިއޭޓިވް ހިޔާލެއްގެ މައްޗައް ވީޑިއޯ ހެދުމަށް ހުޅުވާލާ ފުރުސަތެކެވެ.

  • މި މުބާރާތުގެ ނަސީބުވެރި ތިން ފަރާތަކަށް 3000ރ.ގެ ފައިސާގެ އިނާމް ލިބޭނެ 

  • މުބާރާތުގައި ބައިވެރިވެ ޓިކްޓޮކް ޕޯސްޓް ކުރުމަށް ހުޅުވާލާފައިވާ މުއްދަތަކީ މިއަދުން ފެށިގެން، 25 މާޗްގެ ނިޔަލަށް

އެލައިޑުން ބުނީ އެ ކުންފުނީގެ މަދުސަދަކީ މިއަހަރުގެ ރޯދަ މަހުވެސް އިންޝުއަރެންސާ ބެހޭ މައުލޫމާތު ޝައުގުވެރި ގޮތްތަކަށް އާންމުންނާއި ހަމައަށް ފޯރުކޮށްދީ، އިންޝުއަރަންސްގެ ރައްކާތެރިކަން ހޯއްދެވުމަށް ހިތްވަރު ދިނުން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް