ޖޫން 14، 2022: ބާ އިމްތިހާން މައްސަލައިގައި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުވެ ތެރެއިން ބާ ކައުންސިލްގެ ކުރީގެ ރައީސް އިސްމާއިލް ވިޝާމް (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ބާ ކައުންސިލް

ވިޝާމްގެ ހަނދާނުގައި އަރަމުން އަންނަ ވަކީލުންނަށް އެވޯޑެއް ތައާރަފް ކޮށްފި

'އިސްމާއިލް ވިޝާމް އަޕް އެންޑް ކަމިން ލޯޔާ އެވޯޑް' ނަމުގައި ހާއްސަ އެވޯޑެއް ތައާރަފް ކުރީ، ވިޝާމްގެ ހަނދާނުގައި މިއަދު ބޭއްވި ތައުބީން ރަސްމިއްޔާތުގައި

ބާ ކައުންސިލުގެ ރައީސްކަމުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވި އިސްމާއިލް ވިޝާމްގެ ހަނދާނުގައި ޝަރުއީ ދާއިރާއަށް އަލަށް ތާއާރަފުވެ އަރަމުން އަންނަ ވަކީލުންނަށް ހާއްސަ އެވޯޑެއް ދޭން ބާ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - 'އިސްމާއިލް ވިޝާމް އަޕް އެންޑް ކަމިން ލޯޔާ އެވޯޑް' ނަމުގައި ހާއްސަ އެވޯޑެއް ތައާރަފް ކުރީ، ވިޝާމްގެ ހަނދާނުގައި މިއަދު ބާ ކައުންސިލުން ބޭއްވި ތައުބީންގެ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ވިޝާމްގެ އާއިލާގެ މެމްބަރުންނާއި ގާނޫނީ ދާއިރަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން އަންނަ ވަކީލުން ބައިވެރިވެވަޑައިގަތެެވެ.

ބުނީ ކީކޭ؟ - ބާ ކައުންސިލުން ބުނީ، މި އެވޯޑަކީ، އަރަމުން އަންނަ ޒުވާން ލޯޔަރުންގެ ތެރެއިން ޝަރުއީ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ ލޯޔަރުންނަށް ކޮންމެ އަހަރަކު ދޭނެ އެވޯޑެއް ކަަމަށެވެ.

މި އެވޯޑު ދިނުމުގައި ބަލާނީ:

  • ގާނޫނީ ހުނަރުވެރިކަމަށް

  • ގާނޫނީ އެހީތެރިކަމަށް އެދިގެން އަންނަ މީހުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރަށް

  • ލީޑާޝިޕަށް

  • ސްޓްރެޓެޖިކް ވިޝަންއާއި އޭނާގެ ފަރާތުން މުޖުތަމައުއަށް ފޯރުކޮށްދޭ ހިދުމަތުގެ ފުޅާ މިނަށް

ފާހަގަކޮށްލެވޭ - އަމިއްލަ ލޯފާމެއް ވެސް ހިންގަވަމުންދިޔަ ވިޝާމް އަވަހާރާވީ މިދިޔަ މަހުގެ 31ގައި ހާޓް އެޓޭކެއް ޖެހިގެންނެވެ. އުމުރުން އެންމެ 39 އަހަރުގައި އަވަހާރާވި ވިޝާމް ވަނީ ޝަރުއީ ދާއިރާއަށް އަގުހުރި އެތައް ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.

އެގޮތުން، ގާނޫނީ ވަކީލުކަމުން ފެށިގެން ގޮސް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގައި ބަންޑާރަނައިބުގެ އެސިސްޓެންޓު ކަމުގެ މަގާމުގައި، އަދި އޭނާ އެންމެ ފަހުން ފުރުއްވަމުން ގެންދެވި ބާ ކައުންސިލްގެ ރައީސް ކަމުގައި ހުންނަވައިގެން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް