މާފުށި: އެރަށުން މީހަކު ގެބިގެން ވަނީ މަރުވެފައި (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

ކ. މާފުށި

މާފުށީގައި މީހަކު ގެނބިގެން މަރުވެއްޖެ

އޭނާ މަރުވެފައިވަނީ، ފަރުވާ ދެމުންދަނިކޮށް ކަމަށް ފުލުހުން ބުނޭ

ކ. މާފުށީގައި މިއަދު މީހަކު ގެނބިގެން މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސް އޭރިއާއާ ދިމާ ނެރުމަތީގައި މީހަކު ގެބިފައި އޮތް ކަމުގެ ރިޕޯޓު ފުލުހުންގެ އިދާރާއަށް ލިބުނީ، މިއަދު ހެނދުނު 10:25ގަ އެވެ.

ތަފްސީލު - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ:

  • އެމީހާއަށް ފަރުވާ ދިނުމަށް މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް، ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރުންގެ ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް

  • ފުލުހުން ދަނީ ސީންގައި ހަރަކަތްތެރިވަމުން

އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުނި އިރު، މިހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފެއް ނޫނެނެވެ. އެމީހާކީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެެއް ކަމެއް ވެސް ނޭނގެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް