ދައުރު

'ދައުރު'ގެ ކިއުންތެރިންގެ 'ފޯރަމް' ހުޅުވާލައިފި

އެ ވަގުތަކު ރާއްޖޭގެ އެންމެ ބޮޑެތި މައްސަލަތަކާ މެދު ކިއުންތެރިންގެ ހިޔާލު ހޯދަން 'ދައުރު'ން އަލަށް ފަށާ 'ފޯރަމް' މިއަދު މިވަނީ އާންމުންނަށް ހުޅުވާލައިފައި
22 ފެބްރުއަރީ 2024
4

'ދައުރު'ން އަލަށް ފަށާ ކިއުންތެރިންގެ 'ފޯރަމް' މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އާންމުންނާ ގުޅޭ ވަރަށް ތަފާތު މައްސަލަތައް އަބަދުވެސް ފެންމަތިވެ އެވެ. އެހެންކަމުން މި ފޯރަމްގެ ބޭނުމަކީ އެފަދަ މައްސަލަތަކާ މެދު އާންމުން ދެކޭ ގޮތް ހިއްސާކުރުމެވެ. އެއް ބަޔަކު އަނެއް ބައެއްގެ ހިޔާލު ދެނެގަތުމެވެ.

ތަފްސީލް - ކިއުންތެރިންގެ ފޯރަމް ހުޅުވާލާނީ އޭރަކު ރާއްޖޭގައި އެންމެ ހިނގާ މައްސަލަތަކަށް ބިނާކޮށެވެ. އެގޮތުން ފުރަތަމަ މައުލޫއެއްގެ ގޮތުން އޮތީ މަސްވެރިކަމެވެ. މިއީ މި ދުވަސްވަރު މުޅި ގައުމުގެ އެންމެ ބޮޑު އެއް މައްސަލަ އެވެ.

ފޯރަމްގައި ގެންނަ މައުލޫއުތަކާ ގުޅޭ ހިޔާލު ހޯދުމުގެ ޕޯލެއް ވެސް ހިމަނާނެ އެވެ.

'ދައުރު'ން ދެކޭ ގޮތުގައި ގައުމީ/އިޖުތިމާއީ/އިގުތިސާދީ މައްސަލަތަކާ މެދު އާންމުން ވިސްނާ ގޮތް ވަރަށް މުހިންމެވެ. ކޮންމެ ކަމެއް ވެސް، ސީދާކޮށާއި ނުސީދާކޮށް، އާންމުންނާ ނުގުޅިއެއް ނުދެ އެވެ. މިސާލަކަށް ގޭގައި މަސްވެރިޔަކު ނެތަސް، މަސްވެރިންގެ މައްސަލަ ކޮންމެ މީހަކާ ވެސް ގުޅި ލާމެހެ އެވެ. ހަމައެކަނި ކާން ބޭނުންވާ މަސް ލިބެނީ މަސްވެެރިން މަސްވެރިކަން ކޮށްގެން ކަމަށް ވާތީއެއް ނޫނެވެ. މަސްވެރިންނަށް ސަރުކާރުން ދޭ ބޮޑު ސަބްސިޑީއަކީ ރައްޔިތުންގެ ފައިސާ އެވެ. އެ ފައިސާ ހޭދަކުރުމުގައި ވަރަށް ބޮޑެތި ޒިންމާތަކެއް ވެސް ނަގަން ޖެހެ އެވެ.

'ދައުރު' ފޯރަމްގައި ކިއުންތެރިން ދެކޭ ގޮތް ލިއަންވީ އެވެ. އެކި ކިއުންތެރިން ފާޅުކުރާ ހިޔާލަށް ތިމާއަށް ފެންނަ އެއްޗެއް ވެސް ބުނަންވީ އެވެ.

ފާހަގަކުރެވޭ ކަމެއް - 'ދައުރު'ން މަސައްކަތްކުރަނީ ވީހާ ވެސް ބޮޑަކަށް ކިއުންތެރިންނާ ގުޅިގެން ކުރިއަށް ދާށެވެ. ކިއުންތެރިންގެ ފޯރަމްގެ އިތުރުން ވެސް ކިއުންތެރިންނާ ގުޅޭ ތަފާތު ބައެއް ކަންކަން ކުރިއަށް އޮތް ތަނުގައި ވެސް ފެންނާނެ އެވެ.

ކޮމެންޓް (4)

އިބޫ

22 ފެބްރުއަރީ 2024
ތިޔަ ފޯރަމް ގެ ލިންކް އެއް ޟެއަރ ކުރިނަމަ ދޯ
5 0

އިލާބެ

22 ފެބްރުއަރީ 2024
@އިބޫ އާޓިކަލްގަ އެބައިން ލިންކު. ޢިބޫ ބަލާބަލަ ރަނގަޅަށް.
1 0

ހަވާ

22 ފެބްރުއަރީ 2024
@އިބޫ އެބަ އިނެއްނު ފުރަތަމަ ފޯރަމްގެ ލިންކު
1 0

ހުއްތުބެ

22 ފެބްރުއަރީ 2024
@އިލާބެ އެއީ ފޯރަމްގެ ލިންކެއްނޫން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް