ޓްރީ ޓޮޕް ހޮސްޕިޓަލް

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ޓްރީ ޓޮޕުން ހިލޭ ސްކްރީން ކޮށްދެނީ

މި ކެމްޕޭންގެ މަގުސަދަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ބަލި ދެނެގަނެ، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން ކަމަށް އެ ހޮސްޕިޓަލުން ބުނި

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ހިލޭ ސްކްރީން ކުރުމުގެ ކެމްޕޭނެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށައިފި އެެވެ.

ތަފްސީލް - އިއްޔެ އިން ފެށިގެން މި މަހުގެ 28އާ ހަމައަށް ސްކްރީން ކުރުން ކުރިއަށްދާނީ:

  • ހަފްތާބަންދު ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 8 އިން 10 އަށް 

  • ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައި ހުންނަ އަންހެނުންނަށް ހާއްސަ ކްލިނިކްގައި

ޓްރީ ޓޮޕުން ބުނީ މި ކެމްޕޭންގެ މަގުސަދަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ބަލި ދެނެގަނެ، ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ.

  • މި ކެމްޕޭނުގެ ދަށުން، ޑޮކްޓަރަށް ދެއްކުމާއި ސްކްރީނިން ޓެސްޓްތައް ހިލޭ ހެދޭނެ

  •  ނަމަވެސް ޓެސްޓްގެ ނަތީޖާ ލިބުމުގެ ފަހުން ހޯދާ އިތުރު އެއްވެސް ހިދުމަތަކަށް ހިނގާ ހަރަދު ސްކްރީނިންގައި ނުހިމެނޭނެ

ޓްރީ ޓޮޕުން ބުނީ މި ކެމްޕޭނުގައި ސްކްރީން ކުރާނީ ކައިވެނިކޮށްގެން އުޅޭ މީހުން ކަމަށެވެ.

  • މި ސްކްރީނިން ކެމްޕޭނަށް ބުކިން ހެދުމަށް ގުޅާނީ: 3351610 

ސްކްރީނިންއަށް ދާއިރު ޕީރިއަޑުވެފައި ހުރެގެން ނުވާނެ ކަމަށާއި ފާއިތުވި ދެ އަހަރުގެ ތެރޭގައި ޕެޕް ސްމިއާ ސްކްރީނިންއެއް ހަދާފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

 ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާނީ އެ ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރުން ކަމަށްވާ:

  • ޑރ. އަކަންޝް

  • ޑރ. އަދިތި

  • ޑރ. ސަޖަނާ

ޓްރީ ޓޮޕުން ބުނިގޮތުގައި އެ ހޮސްޕިޓަލުގެ އަމާޒަކީ ހިދުމަތް ހޯދާ މީހުންނަށް ވީހާވެސް ލުއިފަސޭހަ، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް