ރައީސް މުއިއްޒު އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ތަގުރީރު ކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅިފަޅުން ގޯތިލިބުމުގެ ފުރުސަތު އެބައޮތް: ރައީސް

ރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅިފަޅުން ގޯތި ހަމަޖެހުމަކީ ހަމަ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ބެލުމަށާއި މިހާރު ކުރިއަށްދަނީ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވި

ގިރާވަރު ފަޅުން ގޯތި ލިބިފައި ތިބި މީހުން ބޭނުން ނަމަ، އެ މީހުންނަށް ގުޅިފަޅުން ގޯތި ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ ސުވާލުތަކަށް ރައީސް ދެއްވާ ޖަވާބު ގެނެސްދޭ 'ރައީސްގެ ޖަވާބު' ވީޑިއޯ ސިލްސިލާގައި އާމިނަތު ލީލާ، ހުޅުމާލޭ ފްލެޓު 04-2-159 ރައީސް މުއިއްޒު އާ ސުވާލު ކުރީ، ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ދިން ގޯތި ލިބުނު މީހުންގެ ތެރެއިން ގިރާވަރު ފަޅުން ގޯތި ލިބުނު މީހުން ބޭނުންނަމަ ގުޅިފަޅަށް ނުވަތަ ހުޅުމާލެ އަށް ގޯތި ބަދަލު ކުރެވޭނެ ގޮތެއް އެބައޮތްތޯ އެވެ.

ރައީސްގެ ޖަވާބު - ލީލާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެ ސުވާލަކީ ގިރާވަރުން ގޯތި ލިބުނު އެހެން ރައްޔިތުންގެ ފަރާތުން ވެސް ކުރިމަތިވާ ސުވާލެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަދި ތިކަމަށް ވަކި ގޮތެއް ނުނިންމަމޭ. ތިކަމަކީ ފުރުސަތު އޮތް ކަމެއް. އަދި އެހެން ނަމަވެސް އަދި ސިޔާސަތެއް ކަނޑަނާޅަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގިރާވަރުފަޅުން ގޯތި ލިބުނު ބަޔެއް މީހުންނަށް، ގުޅީފަޅުން ގޯތި ލިބިދާނެތޯ ނޫންތޯ ކަނޑައަޅުއްވާނެ ކަމަށާއި މިހާރު ކުރިއަށްދަނީ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ.

" އެހެންވީމާ ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅިފަޅުން ގޯތި ހަމަޖެހުމަކީ ހަމަ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ބައްލަވާ. އަޅުގަނޑުމެން ތި ހިޔާލު ފުޅާށް، ތި ސުވާލަށް ވަރަށް ސީރިއަސްކޮށް އެޓެންޑުވަމުން ދާ ވާހަކަ ދަންނަވަން."

އެ ސުވާލަށް ވަރަށް އަވަހަށް ސީދާ ޖަވާބެއް އަރުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ބިލަކަށް ފައިސާ ނުދައްކައިގެން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހުއްޓިފައިވާއިރު ހިއްކާ ނުނިމޭ ތަނަކުންބިމުގެ ރަޖިސްޓްރީ ހެއްދުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. ނުހިއްކާ އޮތް ސަރަހައްދުތަކުން ދޫކޮށްފައިވާ ބިންތަކަށް ގޯތި ލިބުނު ކަމުގެ ލިޔުން ދޫކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއިއެ ލިޔުމަކީ، ގޯތި ލިބުނު ކަމުގެ ޔަގީންކަން ކަށަވަރުވާ ވަރުގެ ލިޔުމެއް ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ބިންވެރިޔާ ސްކީމް

  • 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ދެނީ ހުޅުމާލޭގެ އިތުރުން ގުޅިފަޅާއި ގިރާވަރު ފަޅުން

  •  މާލެއަށް އުފަން މީހުންނަށް ގޯތި ދިން އެ ސްކީމަށް 18،955 މީހުން ޝަރުތު ހަމަވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް