މީހަކު ގުރުއާން ކިޔަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ގުރުއާން

އަލިމަގު ޖަމިއްޔާގެ އަގުބޮޑު ގުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ގުރުއާން ޗެލެންޖަށް ޖުމްލަ 118،500ރ.ގެ ފައިސާގެ އިނާމު ކަނޑައަޅާފައިވޭ. ކޮންމެ އުމުރުފުރާއަކުން ވެސް އެންމެ މަތިން ޕޮއިންޓު ހޯދާ ތިން ބައިވެރިންނަށް ފައިސާގެ އިނާމު ލިބޭނެ

ރޯދަ މަހާ ދިމާކޮށް އަލިމަގު ޖަމިއްޔާއިން ކުރިއަށް ގެންދަން ނިންމާފައިވާ ގުރުއާން ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ކީރިތި ގުރުއާނަށް އަހުލުވެރިކުުރުމުގެ މަގުސަދުގައި ކުރިއަށް ގެންދަނީ ޗެލެންޖަކީ ނާސަރީން ފެށިގެން ގްރޭޑު 12އާ ދެމެދު ކިޔަވާ ކުދިންނަށް ހާއްސަކޮށްގެންނެވެ.

މި މުބާރާތް އޮންނަނީ ޖުމްލަ 15 އުމުރުފުރާއަކަށް ހުޅުވާލައިގެންނެވެ. އެކަމަކު މި ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު އެހެނިހެން އުމުރުފުރާތަކަށް ވެސް އޮންނާނެ އެވެ.

ފާހަގަކުރެވޭ - ކޮންމެ ތާކު ހުރެގެން ވެސް ގުރުއާން ކިޔެވޭ ގޮތަށް އޮންނަ މި ޗެލެންޖް ފެށީ 2014ގަ އެވެ. މިދިޔަ އަހަރު 795 ބައިވެރިން ބައިވެރިވި އެވެ.

ތަފްސީލް - ގުރުއާން ޗެލެންޖު ކުރިއަށް ގެންދަނީ ކުރު ސޫރަތްތަކާއި ދީނާ ގުޅޭ ބައެއް ކަންތައްތަކާ ބެހޭ ގޮތުން ގުރުއާނުގައި އައިސްފައިވާ އާޔަތްތަކާއި ދުއާތަކުގެ މާނަ ދަސްކުރުމާއި ތަޖުވީދާ ގުޅުން ހުރި ބައިތައް ވެސް ހިމެނޭހެންނެވެ.

ގުރުއާން ޗެލެންޖުގައި ހިމެނޭ ބައިތައް

މި ޗެލެންޖުގައި ރާއްޖޭގެ ތައުލީމީ މުގައްރަރުގައި އިސްލާމް މާއްދާގެ ގްރޭޑް 1 އިން 10 އަށް ހިމަނާފައިވާ ބައެއް ހަދީސްތައް ވެސް އަންނާނެ އެވެ.

މި ޗެލެންޖްގައި؛

  • ކޮންމެ ތަނެއްގައި ހުރެގެން ވެސް ބައިވެރިވެވޭނެ

  • ޗެލެންޖުގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭ

  • ޗެލެންޖަށް ދަސްކުރަން ޖެހޭ ބައިތައް ޑައުންލޯޑްކޮށްގެން ދަސްކުރެވޭނެ. އަދި އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ސުވާލުތައް ފަރިތަކުރުމުގެ ފުރުސަތު ވެސް އޮންނާނެ

ގުރުއާން ޗެލެންޖަށް ޖުމްލަ 118،500ރ.ގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެ އެވެ. އެގޮތުން؛

  • ކޮންމެ އުމުރުފުރާއަކުން ވެސް އެންމެ މަތިން ޕޮއިންޓު ހޯދާ ތިން ބައިވެރިންނަށް ފައިސާގެ އިނާމު ލިބޭނެ

  • އީދު ދުވަހުގެ ކުރިން އިނާމު ހަވާލުކުރާނެ

ގުރުއާން ޗެލެންޖުގެ ވަނަތަކަށް ކަނޑައަޅާފައިވާ އިނާމު

މިއީ ގުރުއާނުގެ މައުލޫމާތު މުއްސަނދިކުރަން އޮތް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް އަލިމަގު ޖަމިއްޔާއިން ބުންޏެވެ.

ގުރުއާން ޗެލެންޖުގައި ބައިވެރިވުމަށް؛

  • އަލިމަގު ޖަމިއްޔާގެ އެޕްލިކޭޝަން ޑައުންލޯޑުކޮށް ރެޖިސްޓްރީ ކުރެވޭނެ

  • ރެޖިސްޓްރީވެ، ލޮގްއިން ވުމުން ދަސްކުރަން ޖެހޭ ބައިތަކުގެ ޕީޑީއެފް ފައިލްތައް ފެންނަން ހުންނާނެ

  • ގުރުއާން ޗެލެންޖާ ބެހޭ އިތުރު މައުލޫމާތު 7798620 އަށް ވައިބާ ކުރުމުން ލިބޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް